ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ހުރި ބޯޅަތަކެއް ފަޅާލި މައްސަލަ ފުލުހުން ތަހްގީގުކުރަން ފަށާފި އެވެ
ބޯޅަތައް ފަޅާލާފައި ހުރިކަން އެނގުނީ މިމަހުގެ ތެރޭގައި އެވެ. ސްޓޭޑިއަމްގެ ގުދަނެއް ހުއްޓާ މި ބޯޅަތައް ފަޅާލައިވަނީ ކަޓަރެއް ފަދަ ތޫނު އެއްޗެއް ބޭނުންކޮށްގެންކަމަށް ބެލެވެ އެވެ.
މިމައްސަލާގައި ފުލުހުންގެ ބަހެއް އަދި ލިބިފައި ނެތް ނަމަވެސް މިމައްސަލައިގެ ތަހްގީގް މިހާރު ފަށާފައިވާކަން މިނޫހަށް ވަނީ އެނގިފަ އެވެ. މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ކުޅުދުއްފުށީ ކައުންސިލުންނެވެ.
ބޯޅަތައް ފަޅާލި މައްސަލަ ސްޓޭޑިއަމްވެސް ބަލަމުންދާ ކަމަށް އެތަން ހިންގުމާ ހަވާލުވެހުރި ފަރާތުން ވަނީ ބުނެފަ އެވެ. ބޯޅަތައް ފަޅާލި މައްސަލަގައި އެތަނުގެ ހިންގުމާ ހަވާލުވެރި އާދަމް އާއި އެތަނުގެ ބައެއް މުވައްޒަފުންނާ މެދު ވަނީ މީޑިއާގައި ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވ