ޖަލާލުއްދީން ސްކޫލްގެ ކެޓޭޑް އަދި ސްކައުޓާއި ކުޅުދުއްފުށީ މޮޓޯ ސްޕޯޓްސްގެ ޒުވާނުންތަކެއް ނިކުމެ އަމީނީމަގުގައި ހުރި ވެލިތައް ފޮޅައި ސާފުކޮށްލައިފި އެވެ.
ރޭ 8:30 ގައި ފެށި މި މަސައްކަތުގައި ކެޓޭޑާއި ސްކައުޓް ކުދިންގެ އިތުރުން ކުޅުދުއްފުށީގައި މޮޓޯ ސްޕޯޓްސްގެ ބައެއް ޒުވާނުންވެސް ވަނީ ބައިވެރިވެފައެވެ. މި ކުދިން ވަނީ މަގުގެ ބޮޑުބަޔެއްގައި ހުރި ވެލިތައް ފޮޅައިފަ އެވެ.
ޖަލާލުއްދީން ސްކޫލް ކައިރިން ފެށި މި މަސަކަތް ސްޓޭޑިއަމާ ދޭތެރޭގެ ބޮޑުބައެއް ސާފުކޮށްފައި ވާއިރު މަގު ދެފަރާތަށް އަރާފަހުރި ގިނަ އަދަދެއްގެ ވެލި ވަނީ ނަގާފަ އެވެ.
މި މަސައްކަތުގައި ރޭގެ ގާތްގަނޑަކަށް 11:30 ވަންދެން އެކުދިން ހަރަކާތްތެރިވެފަވެ އެވެ.