twitterviber whatsapp telegramfacebookyoutube instagram
6th November 2025

މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ކައުންސިލުގެ ރައީސް ބައިވެރިވަޑައެއް ނުގަތް

Jul 26, 2016

މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަލީ މުހައްމަދު ބައިވެރިވެޑައެއް ނުގަންނަވަ އެވެ.

އަލީ މުހައްމަދު ދިދަ ނެގުމުގެ ރަސްމިއްޔާތަށް ވަޑައިނުގަތީ ކީއްވެތޯ ސާފުކޮށްލުމަށް ގުޅައިލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ރޭ 12 ގެ ހދ އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ކައުންސިލުގެ ރައީސްގެ އިތުރުން، އިތުރު ބައެއް ކައުންސިލަރުންވެސް ބައިވެރިވެފައެއް ނުވެ އެވެ.

މިއަހަރު ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެހެން އަހަރުތަކާ ތަފާތުކޮށް މި ރަސްމިއްޔާތުގައި ބައިވެރިވެފައިވަނީ ވަރަށް މަދު ކައުންސިލަރެކެވެ. އާއްމުގެ ތެރެއިންވެސް ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފައިވަނީ މަދު ބައެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355