twitterviber whatsapp telegramfacebookyoutube instagram
17th September 2026

ޔޫކޭ ގައި ފުރަތަމަ ފަހަރަށް މީހެއްގެ ދެ އަތްތިލަ ބަދަލުކޮށްފި

Aug 1, 2016

ޔޫކޭގެ ފުރަތަމަ ފަހަރަށް ދެ އަތްތިލަ ބަދަލުކުރުމުގެ އޮޕްރޭޝަނެއްކޮށްފި އެވެ. މިއީ ފުރަތަމަ ފަހަރަށް ދެ އަތް ތިލަ ބަދަލުކުރިފަހަރު ކަމުގައި ވީނަމަވެސް މީގެ ކުރިންވެސް އެއް އަތްތިލަ ވަނީ ލީޑްސް ޖެނެރަލް އިންފާމަރީގައި ކޮށްފައެވެ.

ޑޯންކަސްޓާގައި ދިރިއުޅޭ ކްރިސް ކިންގް ވަނީ މީގެ ތިން އަހަރު ކުރިން މަސައްކަތުގައި އުޅުމުގެ ތެރޭގައި ދިމާވި އެކްސިޑެންޓެއްގައި އޭނާގެ ދެ އަތްތިލައިގެ އިނގިލިތައް ބޮޑުވާ އިނގިލި ފިޔަވައި ބުރިވެފައެވެ.

ޕްލާސްޓިކް ސާޖަން އެއް ކަމަށްވާ ޕްރޮފެސާރ ކޭ ބުނަނީ އޭނާއަށް އނގޭ ގޮތުގައި މިއީ ދެ އަތްތިލަ ބަދަލު ކުރި ފުރަތަމަ ފަހަރެވެ. އަދި ހަށިގަނޑުގެ އެތެޜެގެ ގުނަވަނަކަށް ވުރެން ބޭރަށް ފެންނަން ހުންނަ ގުނަވަނެއްވީމާ ވަރަށް ބޮޑަށް ވިސަނަންޖެހޭ ކަމަށެވެ. ސަބަބަކީ އެކަކުވެސް ކިޑްނީ ބަދަލު ކުރާއިރު ކިޑްނީ މަސައްކަތް ކުރަންޔާ އެނިމުނީއެވެ.

ކިޑްނީ އެކޭ އެއްގޮތަށް އަތްތިލަ ބަދަލު ކުރާއިރު ބޭރުފަުށުން އަދި އެތެރެފުށުން އަތް ދިމާވޭތޯ ބަލަން ޖެހެއެވެ. ނަމަވެސް ތަފާތަކަށް ވާނީ އަތް އަބަދުވެސް ފެންނަން ހުރުން ކަމުގައި ޕްރޮފެސާރ ކޭ ބުނެއެވެ. އަދި ކާމިޔާބު އޮޕަރޭޝަނަކަށް ވުމުން އޭނާ އުފާ ކުރާކަމަށް ވެސް ބުނެއެވެ.

ކްރިސް ބުނާގޮތުގައި އަތުގައި ހުރި ބެންޑޭޖުތައް ނައްޓާ އަތްތިލަ ބަލާލަން މިހުރީ ކެތްމަދުވެފައެވެ. އަދި ކްރިސް މިހާރު ކުރާ އުއްމީދަކީ ގޭގައި ކުރާ ކަންތައް ދެއަތުން ކޮށްލުމެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293