ތަރައްގީގެ ޕްލޭންއާއި ފައިނޭންޝިއަލް ޕްލޭން ތައްޔާރު ކުރުމުގެ މަސައްކަތު ބައްދަލުވުން މިއަދު ފަށައިފި އެވެ.
3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުންމަކީ ހދ އަތޮޅު ކައުންސިލް ތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ވޯކްޝޮޕްކެވެ. އެގޮތުން މި މަސައްކަތު ބައްދަލުވުމުގައި މިއަދު ގެންދިއުމަށް ހަމަޖެހިފައިވަނީ ލީޑާޝިޕް ޓްރެއިނިން ވޯކްޝޮޕެވެ.
މިކަމަށްޓަކައި މިއަދު ކުޅުދުއްފުށީ އާރުޑީއެމްއޯގައި ބޭއްވި ބައްދަލުވުން ހދ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ މި ވޯކްޝޮޕްގެ ސަބަބުން ވަރަށް ގިނަގުނަ ފައިދާތަކެއް ލިބި އިތުރު މައުލޫމަތުތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާކަމަށެވެ.
ނޯތް އޮފީސް ކޮމްޕްލެކްސް ގައި ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި އެލްޖީއޭގެ ބޭފުޅުންވެސް ވަނީ ކިޔަވައި ދިނުމަށް ހަމަޖެހިފައަ އެވެ.