twitterviber whatsapp telegramfacebookyoutube instagram
19th May 2025

ހއ އަތޮޅުގެ ފުލުހުންނަށް ޓްރެފިކް އެންހޭސްމަންޓް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފި

Jul 27, 2016

ހއ އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން ޓްރެފިކް އެންހޭސްމެންޓް ޓްރެއިނިން ޕްރޮގްރާމެއް ހިންގައިފި އެވެ.

މިއީ އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން ހިންގަމުން އަންނަ ޕްރޮގްރާމެކެވެ.

އެގޮތުން ހއ އަތޮޅުގައި މަސައްކަތް ކުރާ ފުލުހުންނަށް މި ޕްރޮގްރާމް ހިންގާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. ކޮންމެ އަތޮޅެއް ވަކިވަކިން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ދިއްދޫގައި ހިންގާފައިވާއިރު މި ތަމްރީން ޕްރޮގްރާމުގައި ހއ. ދިއްދޫގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން އެއަތޮޅު އެހެން ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފުލުހުންވެސް ވަނީ ބައިވެރި ވެފައެވެ.

މި ޕްރޮގްރާމުގައި އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވައިދުތަކަށް ފުލުހުން އަހުލުވެރިކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަމަލުކުރަމުންދާ އުސޫލުތަކާއި ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމުގެ މަގުސަދަކީ އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި މަސައްކަތްކުރާ ފުލުހުން ޓްރެފިކާއި ގުޅުންހުރި ގާނޫނާއި ގަވައިދުތަކަށް އަހުލުވެރިކޮށް ޢަމަލީ މައިދާނުގައި ބޭނުންވާނެ ތަމްރީނާ ހުނަރު އިތުރުކޮށް ތަޖުރިބާ ހޯދައިދިނުމެވެ. މީގެއިތުރުން މި ތަމްރީން ޕްރޮގްރާމުގެ ބައިވެރިންނަށް ޓްރެފިކާ ގުޅުންހުރި ސިނާރިއޯތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ތަމްރީން ޕްރޮގްރާމުގައި މަޢުލޫމާތު ދީފައިވަނީ ޓްރެފިކް މޭންޖަމަންޓް ޑިޕާޓްމަންޓްގެ ރޯޑް ސޭފްޓީ ޔުނިޓްގައި މަސައްކަތްކުރާ ކަމުގެ ތަޖުރިބާ ލިބިފައިވާ ޤާބިލް ފުލުހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355