twitterviber whatsapp telegramfacebookyoutube instagram
19th May 2025

މަގުމަތީގެ ރައްކާތެރިކަމާއި ގުޅެގޮތުން ހއ އަތޮޅުގެ 3 ރަށެއްގައި މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފި

Jul 27, 2016

މަގުމަތީގެ ސަލާމާތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމަށް އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ކުރިއަށްދާ ރޯޑް ސޭފްޓީ އެވެއަރނެސް ޕްރޮގްރާމުގެ ދަށުން ހއ އަތޮޅުގެ 3 ރަށެއްގެ ސްކޫލް ދަރިވަރުންނަށާއި ބެލެނިވެރިންނަށް މައުލޫމާތު ދީފި އެވެ.

މައުލޫމާތު ދިނުމުގެ ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ ބާރަށު ސްކޫލާއި އުތީމު ޣާޒީ ބަންޑާރައިން ސްކޫލާއި އުލިގަމު ސްކޫލުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށެވެ.

އެ 3 ރަށުގައި ވަކިވަކިން ކުރިއަށް ގެންދިޔަ މައުލޫމާތު ދިނުމުގެ ސެޝަންތަކުގައި ތެރެން ބާރަށު ސްކޫލު ދަރިވަރުންނަށާއި ބެލެނިވެރިންނަށް މަޢުލޫމާތު ދީފައިވަނީ ރޭގައެވެ. އަދި އުތީމު ޣާޒީ ބަންޑާރައިން ސްކޫލުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އިއްޔެ މައުލޫމާތު ދީފައިވާއިރު އުލިގަމު ސްކޫލުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް މަޢުލޫމާތު ދީފައިވަނީ ޖުލައި 24 ވަނަ ދުވަހުއެވެ.

މި ޕްރޮގްރާމުގައި މައުލޫމާތު ދީފައިވަނީ އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާއި ބެހޭގޮތުންނާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުނެވެ.

އެގޮތުން މަގުމަތީގައި އުޅޭއުޅުމުގައި ސަމާލުކަން ދޭންވީ މުހިއްމު ކަންކަމާއި ބެހޭގޮތުންނާއި ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ހިނގާފާނެ ނުރައްކާތެރި އެކްސިޑެންޓްތަކާއި މަގުމަތީގެ އަދަބުތަކާއި ގުޅޭގޮތުންނާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާއި ފަރުދީ ގޮތުން އަދާކުރެވިދާނެ ޒިންމާތަކާއި ގުޅޭގޮތުން ވެސް ވަނީ މައުލޫމާތު ދީފަ އެވެ.

އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ކުރިއަށްދާ ރޯޑް ސޭފްޓީ އެވެއަރނަސް ޕްރޮގްރާމުގެ ދަށުން ށ. އަތޮޅާއި ހދ. އަތޮޅުގެ ބައެއް ރަށްރަށުގެ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން ވަނީ މައުލޫމާތު ދީފައެވެ.

މި ޕްރޮގްރާމް މި ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355