twitterviber whatsapp telegramfacebookyoutube instagram
14th August 2026

އަންނަ އާދިއްތަ ދުވަސް ވެސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި

Jul 28, 2016

މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން އަންނަ އާދިއްތަ ދުވަސް ވެސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމް ހަމަޖައްސަވައިފި އެވެ.

މިނިވަން ދުވަހާ ގުޅިގެން އާންމު ގޮތެއްގައި ސަރުކާރު ބަންދުކުރަނީ މިނިވަން ދުވަހާއި ޖެހިގެން އަންނަ ދުވަސް އެކަނި ނަމަވެސް މި އަހަރު ވަނީ އެ ބަންދަށް އަންނަ އާދިއްތަ ދުވަސްވެސް އިތުރު ކޮށްފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންނަ އާދީއްތަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވީ މިނިވަން ދުވަހުގެ އެކި ހަރަކާތްތަކުގައި ސުކޫލު ދަރިވަރުންނާއި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވާތީ ކަމަށެވެ.

ދެން ސަރުކާރު އޮފީސްތައް ހުޅުވޭނީ އަންނަ އޯގަސްޓަ މަހު 1 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355