twitterviber whatsapp telegramfacebookyoutube instagram
24th December 2025

ދިރާގަށް ދެވަނަ ކުއާޓާގައި ލިބުނު ފައިދާ ދަށްވެއްޖެ

Jul 30, 2016

ދިރާގަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު މިންވަރު ފުރަތަމަ ކުއާޓަރަށް ވުރެ 24 ޕަސެންޓް ދަށްވެއްޖެ އެވެ.

ބަހުރެއިން ބަޓެލްކޯ އާއި ދިވެހި ސަރުކާރު އަދި ރައްޔިތުން ހިއްސާވާ ކުންފުނީގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ލިބިފައި ވަނީ 194.1 މިލިއަން ރުފިޔާ އެވެ. މިއީ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު މިންވަރަށް ވުރެން 61.4 މިލިއަން ރުފިޔާ ދަށް އަދަދަދެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު މި އަހަރުގެ އެ މުއްދަތުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު މިންވަރު 12.2 މިލިއަން ރުފިޔާ އިތުރެވެ.

ދިރާގުން ނެރުނު ކުއާޓަލީ ރިޕޯޓްގައި ބުނެފައި ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރަށް ވުރެ ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީގެ މިންވަރު 13 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ބުނެފައި ވަނީ ޓޫރިޒަމް ދަށްވާ ދުވަސްވަރާ ދިމާވުމުން އިންޓަނޭޝަނަލް ރޯމިން ބޭނުންކުރި މިންވަރު މަދުވުމެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 577.3 މިލިއަން ރުފިޔާ ލިބިިފައިވެ އެވެ. ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ދިރާގަށް 664.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ދިރާގުގެ ދެވަނަ ކުއާޓަރުގައި ހިއްސާގެ ފައިދާއަކަށް ޖެހެނީ 2.55 ރުފިޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355