twitterviber whatsapp telegramfacebookyoutube instagram
15th February 2026

ނާގޯށިގައި ހަދާ ރިސޯޓް އަންނަ އަހަރުގެ ފުރަތަމަ 6 މަސް ތެރޭގައި ފަށަނީ

Jul 30, 2016

ހދ ނާގޯށީގައި ތަރައްގީކުރާ ރިސޯޓް އަންނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ހުޅުވާނެކަމަށް އެމްޓީޑީސީން ބުނެފި އެވެ.

ޕީއެސްއެމް އަށް މައުލޫމާތު ދެމުން އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ނިޔާޒު ވިދާޅުވީ އެމްޓީޑީސީން ސަބްލީޒްކޮށް ތަރައްގީކުރާ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ ގިނަ އެނދު އެކުލެވޭ ރިސޯޓަކީ ނާގޯށީގައި ތަރައްގީކުރާ ރިސޯޓްކަމަށް އޭނާ ވިދާޅުވި އެވެ.

މި ރިސޯޓް ތަރައްގީކުރުމުގެ މަސައްކަތް މަޑުޖެހުނީ ފައިސާ ލިބުމުގެ ދަތިތަކެއް ހުރުމުންކަމަށާއި ނަމަވެސް މިހާރު ފައިސާގެ ހުރިހާ ކަމެއްވެސް ހަމަޖެހިފައިވާ ކަމަށް ނިޔާޒް ވިދާޅުވި އެވެ. ނާގޯށީގައި ތަރައްގީކުރާ ރިސޯޓްގެ މަސައްކަތް ހުއްޓުމަކަށް އައިއިރު އެރަށް ތަރައްގީކުރުމަށް ސާޅީސް މިލިއަން ޑޮލަރު ވަނީ ހޭދަވި ކަމަށް ނިޔާޒް ވިދާޅުވި އެވެ.

މިރަށް ތަރައްގީކުރާ ތްރީކޭ އިންޓަރނޭޝަނަލުން ކުރިއަށް އޮތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނާގޯށީގައި މަސައްކަތްތައް ފެށުމަށްޓަކައި ބޭނުންވާ ތަކެއްޗާއި މީހުން އެރަށަށް ދާނެކަމަށް އެމްޓީޑީސީން މައުލޫމާތުދެއެވެ.

ނާގޯށީގައި ތަރައްގީކުރާ ރިސޯޓް ހުޅުވުމުން ހދ އަތޮޅުގެ ގިނަބަޔަކަށް ވަޒީފާގެ ފުރުސަތު ހުޅުވި ސަރަޙައްދުގެ ވިޔަފާރިއަށްވެސް ބޮޑުކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355