twitterviber whatsapp telegramfacebookyoutube instagram
19th May 2025

ބައި މިލިއަން ވަނަ ކަސްޓަމަރު ދިރާގުގެ ނެޓްވޯކާއި ގުޅިއްޖެ

Aug 1, 2016

ދިވެހި ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުގެ 500،000 ވަނަ ކަސްޓަމަރު މިއަދު އެ ނެޓްވޯކާއި ގުޅިއްޖެއެވެ.

ދިރާގުގެ ބައި މިލިއަން ވަނަ ކަސްޓަމަރަކަށް ހޮވިފައިވަނީ މ.ފުރަހަނި ފާތުމަތު ލައިޝާ ޝާހިރެވެ. ދިރާގުގެ މި ހާއްސަ ކަސްޓަމަރަށްވުން ފާހަގަކުރުމުގެ ގޮތުން ދިރާގުން ވަނީ އެ ފަރާތަށް ޕޯސްޓްޕެއިޑް މޮބައިލް ކަނެކްޝަނަކާއި ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނެއް 1 އަހަރު ދުވަހަށް މުޅިން ހިލޭ ދިނުމަށް ނިންމަފާވާ ކަމަށް ދިރާގުން މައުލޫމަތު ދެއެވެ.

މި ކަސްޓަމަރަކީ އެކުންފުނީގެ ފިކްސްޑް ލައިން މޯބައިލް އަދި ފިކްސްޑް އާއި މޮބައިލް ބްރޯޑްބޭންޑްގެ ހިދުމަތާއި ބިޒްނަސް ކަސްޓަމަރުންގެ ތެރެއިން ދިރާގުގެ ހިދުމަތެއް ނެންގެވި ބައި މިލިޔަން ވަނަ ކަސްޓަމަރުކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މިއީ ރާއްޖޭން ބޭރުގައި ކިޔަވަންހުރެފަ ހަމަ އައި ގޮތަށް އަލަށް ނެގި ޕޯސްޓްޕެއިޑް ސިމް އަކުން ލިބުނު ނަސީބެއް ކަމަށާއި ދިރާގު ކަހަލަ ކުންފުންޏެއްގެ މިފަދަ މައިލްސްޓޯންއެއް އެޗީވް ކުރުމުގައި ބައިވެރި ވުމުގެ ފުރުސަތު ލިބުމުން މިއީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި ގަބޫލުކުރާގޮތުގައި ދިރާގަކީ މިހާރު ރާއްޖޭގެ އެއްވަނަ ކުންފުނި ކަމަށެވެ. އަދި ދިރާގުގެ ސިމް އެއް ނެގި އެންމެ ބޮޑު އެއް ސަބަބަކީ އެއީ ކަމަށް ލައިޝާ ބުނެއެވެ.

ކުންފުނީގެ 500،000 ވަނަ ކަސްޓަމަރު އިއުލާން ކުރުމަށްފަހު ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތަށް ފުޅާކުރުމުގެ ގޮތުން ކެނޑިނޭޅި ދިރާގުން މަސައްކަތް ކުރަމުންދާއިރު މި ނެޓްވޯކަށް 500،000 ކަސްޓަމަރުން ގެނެވުމަކީ އަޅުގަނޑުމެން މި ކުރަމުންދާ މަސައްކަތް އަޅުގަނޑުމެންގެ ކަސްޓަމަރުން ބަލައިގަންނަކަށް އަންގައިދޭ ކަމެކެވެ. އަދި ދިރާގުގެ ހިދުމަތްތައް މިހާރަށް ވުރެވެސް ފެންވަރު ރަނގަޅުކުރުމަށްޓަކައި ހުއްޓުމެއްނެތި މަސައްކަތް ކުރަމުންގެންދާ ކަމަށް އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

ދިރާގުން މިހާރު ގެންދަވަނީ 4ޖީ ގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށެވެ. އެގޮތުން އާބާދީގެ %58 އަށް މިހާރު އެހިދުމަތް ފޯރުކޮށްދީފައިވާ އިރު ނެޓްވޯކް އިތުރަށް ފުޅާކޮށް އެންމެ ޒަމާނީ ހިދުމަތްތައް އެންމެ ފުރިހަމައަށް ގެނެސްދިނުމަށް މިހާރުވެސަ ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް އެ ކުންފުނިން މައުލޫމާތުދެއްވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355