twitterviber whatsapp telegramfacebookyoutube instagram
19th May 2025

އަބުރުގެ ބިލުގައި ކަންބޮޑުވާ ކަންކަން އެބަހުރި

Aug 1, 2016

އަބުރު ރައްކާތެރިކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު ކަންބޮޑުވާ ކަންކަން ހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅު ވެއްޖެއެވެ.

އަބުރުގެ ބިލުގެ ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުން މެމްބަރު ނަޝީދު މިއަދު ވިދާޅުވީ  މީޑިއާގެ ފަރާތްތަކުން އަބުރަށް އަރައި ގަނެފިނަމަ އިދާރީ ފިޔަވަޅެއްގެ ގޮތުން 50000 ރުފިޔާ އާއި 2000000 ރުފިޔާ ދެމެދު ޖޫރިމަނާ ކުރެވެެއެވެ. އަދި މިކަން މިހެން އޮތް އިރު މައްސަލަ އިސްތިއުނާފް ކުރުމުގެ ކުރިން ޖޫރިމަނާ ދައްކަން ޖެހުމަކީ މީޑިއާއަށް ފަހިވާ ގޮތަށް އޮތް ކަމެއް ނޫންކަމަށް ގަބޫލު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޕޯޑިއަމެއް ނޫނީ އެހެން ވެސް އެފަދަ ތަނެއްގައި މީހަކު ދައްކާ ވާހަކައެއް ތެދަށް ޝާއިއު ކުރި ނަމަވެސް ބަސް ރައްދުވާ ފަރާތެއްގެ ބަހެއް ހޯދަން ޖެހޭ މާއްދާގެ މައްޗަށް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހަމައެހެންމެ ނޫސްވެރިކަމުގެ ހަމަތަކުގައި މީހެއް ދައްކާ ވާހަކައަށް ބަސް ރައްދުވާ ފަރާތުން ޖަވާބު ދޭން ބޭނުންވާ ނަމަ އެ ވާހަކަ ވެސް ލިޔެ ވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ ހަމަތަކާއި ތަހުޒީބު މުޖުތަމައުތަކުގައި އޮންނަނީ ރައްދު ދޭން ބޭނުންވާ މީހާއަށް އެ ފުރުސަތު އޭނާ ބޭނުންވެއްޖެ ހިނދެއްގަ ލިބި ދިނުން ކަމަށާއި އަސްލު ވާހަކަތައް ލިޔުނު ގޮތަށް އެ ފެންވަރުގައި އޭގެ ރައްދު ލިޔެ ދިނުންކަމަށެވެ. މި މާއްދާ މިހާރު މިއޮތް ގޮތުން ރައްދުވާ ފަރާތައް ރައްދެއް ނުދީފި ނަމަ އެ ވާހަކަ ޝާއިއެއް ނުކުރެވޭނެ އެވެ. އަދި މިއީ މީޑިއާ އަށް ފަހިވާ ގޮތަށް އޮތް ކަމެއް ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ.

މިހާރު ބިލުގައިވާ ގޮތުން ދައުވާ ލިބޭ މީހާ ތެދު ސާބިތުކޮށްދޭން ޖެހޭ ކަމަށް ބުނެފައިވީ ނަމަވެސް ދައުވާއެއްގެ އަސާސްތައް ސާބިތުކޮށްދޭން ޖެހޭނީ ދައުވާ ކުރާ މީހާ އެވެ. އަދި ދައުވާ ލިބޭ މީހާ ވާހަކަ ދައްކަން ޖެހޭނީ އެކަމުގެ ދިފާއުގައި އެވެ. މި ކަންކަމަށް ރިޔާއަތްކޮށް ކޮމިޓީ މަރުހަލާގައި މަސައްކަތްތަކެއް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދަުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅިވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355