twitterviber whatsapp telegramfacebookyoutube instagram
25th April 2024

އަބުރުގެ ބިލަކީ ވައްކަން ކުރަން މަގުފަހިކުރުމަށް ސަރުކާރުން ލާފައިވާ ބިލެއް: ގަފޫރު

Aug 1, 2016

މިޤައުމުގެ ހަޒާނާއިން ނަގާހާ ފައިސާ ވަގަށް ނެގީމާ އެފައިސާ ނަގާވާހަކަ ދެއްކުވުން ހުއްޓުވުމަށް މަސައްކަތް ކުރިއަކަސް އެކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަބުދުލްގަފޫރު މުސާ ވިދާޅުވެއްޖެ އެވެ.

އަބުރުގެ ބިލާ ގުޅޭގޮތުން މިއަދު މަޖިލީހުގައި ބަހުސް ކުރައްވަމުން އަބުދުލްގަފޫރު ވިދާޅުވީ މީހަކު މިޤައުމުގެ ހަޒާނާއިން ނަގާހާ ފައިސާ ވަގަށް ނެގީމާ އެފައިސާ ނަގާވާހަކަ ދެއްކުވުން ހުއްޓުވުމަށް މަސައްކަތް ކުރިއަކަސް އެކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އަބުރުގެ ބިލު މަޖިލީހަށް ވައްދާފައިވަނީ ސަރުކާރުން ވައްކަން ކުރުމަށް މަގު ފަހިކުރުމުގެ ގޮތުން ކަމަށެވެ. އަދި ރައްޔިތުންގެ ބަސް ފަހަތަށް ޖައްސާލާފައި ވެރިންގެ ބަސް އެއީ ބަސްކަމުގައި ހަދާކަށް ރައްޔިތުންނެއް ފުރުސަތެއް ނުދޭނެކަމަށް ގަފޫރު ވިދާޅުވި އެވެ.

ގަފޫރު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ މިނިވަންކަން ކަމަށާއި މިނިވަންކަމުން އަޅުވެތިކަމަކަށް ދާކަށް ރައްޔިތުން ބޭނުމެއް ނޫން ކަމަށެވެ.

“ސަރުކާރުން ވައްކަން ކުރުމަށްޓަކާ މަގު ފަހިކުރުމަށްޓަކާ މި ބިލުލާފައިމިވަނީ. މިވާހަކައެއް ނުދައްކައެއް ދިވެހި ރައްޔިތުންނެއް ނުތިބޭނެ. ރައްޔިތުންގެ ފައިސާ ގެއްލުނީމަ އެވާހަކަ ދައްކާނެ”

އަބުރަކީ އެމީހަކު އަމިއްލައަށް ރައްކާތެރިކުރަން ޖެހޭނެ އެއްޗެއްކަމަށާއި މީހުންގެ ސިކުޑިތަކުގަ އާއި އަނގަތަކުގައި ޓޭޕް ނޭޅޭނެ ކަމަށެވެ. އަދި އެކަންކަން ކޮށްގެން ރައްޔިތުންގެ ވިސްނުން ބަދަލު ނުކުރުވޭނެ ކަމަށް ގަފޫރު ވިދާޅުވި އެވެ.

ގޯސް ކަމެއް ކޮންމެ ސަރުކާރަކުން ކުރިއަސް ގޯސްކަމެއް ވަނީ ގޯސްކަމަކަށްށެވެ. އަދި ރައްޔިތުންނަށް ލިބިފައިވާ އަސާސީ ހައްގުތައް މިގޮތަށް ނިގުޅައިގަތުމަށްޓަކާ މަޖިލީހަށް ބިލުލައިގެން އެކަންކަން ކުރުމަކީ މިއަދު މެމްބަރުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ގަފޫރު ވިދާޅުވި އެވެ. ގަފޫރު ވިދާޅުވީ މިފަދަ ބިލުތައް ފާސްކޮށް، ގާނޫނަކަށް ހަދައިގެން މިނިވަން ކަމާއެކު ގައުމު ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

މެމްބަރު ގަފޫރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ދީން ބޭނުންކޮށްގެން ރައްޔިތުންނަށް އޮޅުވާލައި ދޮގުހަދާ ރައްޔިތުންގެ މުދަލަށް ހިޔާނާތެރިވަމުން ކަމަށެވެ. އެހެން ވީމާ މިކަންކަމަކީ ދިވެހި ރައްޔިތުން ބަަލައިގަންނާނެ ކަންކަންމެއް ނޫން ކަމަށާއި ރައްޔިތުން ބޭނުންވަނީ އިންސާފު ލިބިގެން ދިއުންމާއި އަސާސީ ހިދުމަތްތައް ލިބިގެންދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355