މިނިސްޓާރ އޮފް ހޯމް އެފެއާޒް ކަމަށް އަޒްލީން އަހުމަދު ހަމަޖައްސަވައިފި އެވެ.
މިހާތަނަށް ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އަހުމަދު ޒުހޫރު ރައީސް އޮފީހުގެ މިނިސްޓަރަކަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ވަނީ ހަމަޖައްސާފަ އެވެ.
މިއަދު ހޯމް މިނިސްޓަރަކަށް އައްޔަނުކުރެއްވި އަޒްލީން މިހާތަނަށް ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ.