twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހަސަނާތު މިސްކިތު ކައިރީގައި ހުރި 40 ރޯހައުސް ގުރުއަތުލުން މިމަހު ބާއްވަނީ

Aug 1, 2016

ކުޅުދުއްފުށީގައި އިމާރާތް ކުރަމުންދާ 160 ރޯހައުސްގެ ތެރެއިން މާފަލުހިޔާގެ ނުވަތަ ހަސަނާތު މިސްކިތުގެ އިރުމަތީ ހަދާފަ ހުރި 40 ރޯހައުސް އަށް ގުރުއަތުލާ ފަރާތްތަކުގެ ނަންތައް އާއްމުކޮށްފި އެވެ.

އެގޮތުން 25 ރޯހައުސް ކުޅުދުއްފުށީ ރައްޔިތުންނަށް ހާއްސަ ކުރެވިފައިވާއިރު 15 ރޯހައުސް ހާއްސަ ކުރެވިފައިވަނީ އެހެން ރަށްރަށު ރައްޔިތުންނަށެވެ. މީގެ އިތުރުން ކަނބޯރަނި ހިޔާގެ 1 ރޯހައުސް މި ގުރުއަތުލުމުގައި ހިމެނޭނެއެވެ. އެއީ ކުރިން ކަނބޯރަނި ހިޔާ ސަރަހައްދުން ރޯހައުސް ލިބުން ފަރާތަކުން ދޫކޮށްލާފައިވާ ރޯހައުސް އެކެވެ. އަދި މި ރޯހައުސް ހިމެނެނީ އެހެން ރަށްރަށު ރައްޔިތުންގެ ގުރުއަތުލުމުގައެވެ.

މި ރޯހައުސްތަކުގެ ގުރުލުން ބާއްވަން ހަމަޖައްސާފައި ވަނީ އޯގަސްޓް 27 ވާ ހޮނިހިރު ދުވަހު އެވެ. އެގޮތުން ކުޅުދުއްފުށިން ބޭރުން ރަށްރަށުގެ ރައްޔިތުންގެ ގުރުލުން އޮންނާނީ  ހެނދުނު 10:00 ގައި އެވެ. ކުޅުދުއްފުށީ ރައްޔިތުންގެ ގުރުލުން އޮންނާނީ ހަމަ އެރޭ 8:30 ގައި ކަމަށް ކައުންސިލުން ބުނެ އެވެ.

ގުރުލުމުގެ ކަންތައްތައް ކުރިއަށްދާނީ  ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި އެވެ. ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ގަޑީގެ 15 މިނިޓް ކުރިން ހޯލަށް ވަޑައިގަތުމަށް  ކައުންސިލުން އެދެ އެވެ.

ގުރުއަތުލުމަށް ދެވެން ނެތް ފަރާތްތަކުން ބަދަލުގައި ފޮނުވާ ފަރާތަކީ ކޮންފަރާތެއްގެ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭނެފަދާ ސިޓީއަކާއެކު ފޮނުއްވުމުން އެފަރާތެއްގެ ގުރުއަތުލު ނެގުމުގެ ފުރުސަތު ބަދަލުގައި ހާޒިރުވާ ފަރާތަކަށް އެރުވޭނެ އެވެ. އަދި ބަދަލުގައި ހާޒިރުވާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ ސިޓީއަކާއި އެކު ހުށަހަޅަން ޖެހެ އެެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355