twitterviber whatsapp telegramfacebookyoutube instagram
8th May 2024

ބަނޑު ފްލެޓް ކޮށްލުމަކީ ތި ހީކުރާހާ އުނދަގު ކަމެއް ނޫން!!

Dec 8, 2016

ޒުވާނުންގެ ތެރޭގައި އެންމެ ކަންބޮޑުވެ އެކަމާ ވަހަކަ ދައްކާ އެއްކަމަކީ ތިމާގެ ބައްޓަން ހަޑި ކޮށްލާފަ އިންނަ ބޮޑު ބަނޑުގެ ވަހަަކަ އެވެ. ބަނޑުގެ ޖަހާފައި ހުރި މަސްތަކާއި ސަރުބީތަށް ވިރުވާލާނެ ގޮތުގެ ވާހަކަ އެވެ. މީގެ ތެރެއިން ގިނަ މީހުން ބޭނުންވާނީވެސް ބޭނުން ހުރިހާ އެއްޗެއް ކައިގެން ހިކި ކޮށް ހުންނާށެވެ. އެހެންނަމަވެސް ކެވޭ މިންވަރަށް ކަސްރަތެއް ނުކުރެވެ އެވެ.

ކޮންމެ ދުވަހަކު ގަވައިދުން ކަސްރަތު ކުރުމަކީ ނުވެދާނެ ކަަމެކެވެ. ވަގުތު ވިޔަސް ގިނަ ބަޔަކަށް މިކަން އޮންނަނީ ބޮޑު ކަމަކަށް ވެފަ އެވެ. އެހެންނަަމަވެސް ރީތި ހަށިގަނޑެއް ބޭނުން ވާނަމަ ކޮންމެ ދުވަހަކު މަދުވެގެން 15 މިނެޓް ކަސްރަތު ކުރުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ލުއި ކަސްރަތެއް ކޮށްލުމަށްފަހު މިކަން ކަމަށް ސަމާލުކަން ދޭށެވެ.

ހިކެން ހަދަންވީ ކިހިނެތް ހޭ އަހާލުމުން ކޮންމެ މީހަކު ވެސް ބުނާނީ ޖަންކް ފުޑް ކެއުން ހުއްޓާލާށެވެ. ގިނަ ބަޔަކު ކަށީގައި ހިފާފައި ހުންނަ ދޫކޮށްލަން އުދަނގޫ ކަމަކީ ލުއި ކާނާ މާގިނައިން ބޭނުން ކުުރުމެވެ. މީގެ ސަބަބުން ގައިގައި ގިނައިން ސަރުބީ ޖެހުމަށް މަގުފައި ކޮށްދެއެވެ. އެހެންކަމުން ތައްޔާރީ ކާނާ ކެއުމާއި ދުރުވެ ތާޒާ މޭވާ ކެއުމަށް އާދަ ކުރާށެވެ.

ނިދާއިރު ފިނި ގަދަކޮށް ނިދުމަކީވެސް ބަނޑުގެ މަސްތަށް ވިރުވާލުމަށް އެހީތެރިވެދޭ ކަމަށެވެ. އެގޮތުން މީހުން ބައިވެރިކޮށްގެން ހެދި ދިރާސާއެއްގައި 66 ޑިގްރީގައި ހަފްތާއެއް ވަންދެން ނިދާލުމުން އެމީހުންގެ ބަނޑުން ސަރުބީ ކުޑަވި ކަމަށް އެމީހުން ބުނެއެވެ.

ދެން މިއޮތީ އަދި މާ ފަސޭހަ ގޮތެކެވެ. ޕެފާ މިންޓް ކަން ހެއްޔެވެ؟ ނުކަންޔާ އަވަހަށް ކާންފަށާށެވެ. މިއީވެސް ބަނޑުގެ މަސްތަށް ވިރުވާލުމަށް ފަސޭހައިން ބޭނުން ކުރެވިދާނެ އެއްޗެކެޗެ. އެގޮތުން މަހެއްގެ ތެރޭގައި ގާތްގަނޑަކަށް ބަނޑުން 5 ޕައުންޓް ޕެޕާ މިންޓް ކައިންގެން ދުއްވާ ލެވިދާނެ އެވެ. ޕެޕާ މިންޓް ފަސޭހައިން ލިބެން ނުހުންނަ ނަމަ ފެހި އާފަލު ނުވަތަ ދޮންކޭލަކީ ވެސް ބަނޑުމަސްތައް ވިރުވާލުމަށް އެހީތެރިވެދޭ ކަމެކެވެ.

މިހުރިހާ ކަމަކާއި އެކުވެސް ގިނައިން ފެން ބުއިމަށް އާދަ ކުރާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355