ރާއްޖޭގެ އެންމެ ބޮޑު ސޯޝަލް ނެޓްވޯކް ކޮމިޔުނިޓީ ނުވަތަ ޓްވިޓާ ކޮމިޔުނިޓީގެ ޓްވިޓްސަލް ފުޓްސަލް މުބާރާތު މެއިން ސްޕޮންސާރ އަށް ހަސަން މެރިން ހަމަޖެހިއްޖެ އެވެ.
އަންހެން އަދި ފިރިހެން ޑިވިޝަން ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މެއިން ސްޕޮންސާރ އަށް ހަސަން މެރިން ހަމަޖެހިގެން ދިޔަ އިރު ކޯ ސްޕޮންސަރުންގެ ތެރޭގައި 7 ބްރޭންޑެއް ނުވަތަ ކުންފުންޏެއް ހިމެނެ އެވެ. އެއީ އެއީ ބީއެޗްއެމްގެ އޮވިލް ކޮފީއާއި ސޮނީ ސްޕޯޓްސްއާއި ގޮރިއްލާ އެނަޖީ ޑްރިންކެވެ.
މި މަހު 26 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 11 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ ފިރިހެން 8 ޓީމާއި އަންހެން 3 ޓީމެވެ. އެގޮތުން މިފަހަރުގެ މުބާރާތުގައި ގާތްގަނޑަކަށް 130 ކުޅުންތެރިން ކުޅޭނެ އެވެ.
ޓްވިޓްސަލް މުބާރާތް ފެށިގެން އައިސްފައި ވަނީ މީގެ ހަތް އަހަރު ކުރިންނެވެ. މިހާރު ޓްވިޓްސަލްއިން ‘ޓްވިޓްސަލް ކެއާސް’ ގެ ނަމުގައި މުޖުތަމއުގެ ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިޖުތިމާއީ ހަރަކާތެއްވެސް ކުރިއަށް ގެންދެއެވެ. އެގޮތުން ކ. ގުރައީދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ޓްވިސްޓަލް އިން ވަނީ އެ ހަރަކަތަށް އެހީތެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފައެވެ.