މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއެކު މީހަކު ހއ ހޯރަފުށިން ހައްޔަރުކޮށްފި އެވެ.
މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ފިރިހެނެކެވެ. މިމީހާ ފުލުހުންގެ ހައްޔަރުކޮށްފައި ވަނީ ހޯރަފުށި ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޖުލައި 30 ވަނަ ދުވަހުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެއްގައި ހޯރަފުއްޓަށް އައި ބޯޓަކުން ގެނައި ވަށިގަނޑަކާއި ހަވާލުވާން ބަނދަރު ސަރަހައްދުގައި ހުއްޓާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މާލެއިން ފުރައިގެން ހޯރަފުއްޓަށް އައި ބޯޓަކުން ބޭލި ޕްލާސްޓިކް ވަށިގަނޑެއް ބަލައިފާސްކުރިއިރު އޭގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހުރި ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހއ.އިހަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހްގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
ހއ.ހޯރަފުށި ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ