twitterviber whatsapp telegramfacebookyoutube instagram
16th February 2026

ހައިޑްރޮފޯނިކްސް ޓްރެއިނިންގެ 2 ވަނަ ޕުރޮގުރާމް ނޭކުރެންދޫގައި ފަށައިފި

Aug 3, 2016

ހދ އަތޮޅު ކައުންސިލާއި މިނިސްޓްރީ އޮފް ފޮޝަރީސް އެންޑް އެގްރިކަލްޗަރ ގުޅިގެން ހައިޑްރޮފޯނިކްސް ޕްރޮގުރާމެއް ނޭކުރެންދޫގައި ފަށައިފި އެވެ.

ނޭކުރެންދޫ ކައުންސިލްގެ އެހީތެރިކަމާއެކު އެރަށުގައި ކުރިއަށްގެންދާ މިޕްރޮގްރާމަކީ އަތޮޅު ކައުންސިލާއި އެގްރިކަލްޗަރ މިނިސްޓްރީ ގުޅިގެން ހދ.އަތޮޅުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައިޑްރޯޕޯނިކްސް ޓްރެއިނިންގ ޕްރޮގްރާމްގެތެރެއިން ބާއްވާ ޕްރޮގްރާމެވެ.

މި ޕްރޮގުރާމު އޮގަސްޓް މަހުގެ 1 އިން 9 އަށް ނޭކުރަންދޫގަ ކުރިއަށްގެންދާނެ އެވެ. މި ޕްރޮގްރާމްގައި ކުރިނބީ ކުމުންދޫ ވައިކަރަދޫ އަދި ނޭކުރެންދޫއިން ޖުމްލަ 35 ފަރާތަކުން ބައިވެރިވެފައިވެއެވެ. ހައިޑްރޯޕޯނިކްސްގެ ވައްތަރުތަކާއި ހައިޑްރޯޕޯނިކްސް ބޭނުންކޮށްގެން ކިއުކަމްބަރ މެލަން ލެޓިއުސް އަދި ކަންކުންފަދަ ބާވަތްތައް ހައްދާނެގޮތް މި ޕުރޮގުރާމުގައި ކިޔަވައިދެވޭނެކަމަށް އަތޮޅު ކައުންސިލުން މައުލޫމާތުދެއެވެ. އޭގެއިތުރުން ގަސްކާނާ ބޭނުންކުރާނެގޮތާއި ބޭސް ބޭނުންކުރާނެގޮތްވެސް ކިޔަވައިދެވޭނެކަމަށް މައުުލޫމާތުދެއެވެ.

މިދިޔަ ޖުލައި މަހު މިފަދަ ޕުރޮގުރާމެއް ވަނީ ނެއްލައިދޫގައިވެސް ބާއްވާފައެވެ. މިޕްރޮގްރާމްގައި ކިޔަވައިދެއްވަނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގެ ތަޖްރިބާކާރުންނެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355