ދަރިވަރުންގެ އަތްތެރި މަސައްކަތާއި ކުރެހުމުގެ ހުނަރު ދައްކާލާ މައުރަޒެއް އަފީފުއްދީން ސްކޫލުގައި ބާއްވަން ހަމަޖެހިއްޖެ އެވެ.
ދަރިވަރުންގެ ހުނަރު ތަރައްގީކޮށް ދައްކާލުމުގެ ފުރުސަތު ހޯދައި ދިނުމުގެ މަގުސަދުގައި ބާއްވާ މި އާރޓް އެގްޒިބިޝަން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އަފީފުއްދީން ސްކޫލުގެ ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން ބާއްވާ މި މައުރަޒު ހުޅުވިފައިވާ ހުންނަނީ ހޮނިހިރު ދުވަހުގެ މެންދުރުފަހު 2:00 އިން 3:00 އަށް އަދި ހަވީރު 4:30 އިން 6:00 ކަމަށް އެސްކޫލުން މައުލޫމާތު ދެ އެވެ.
އާއްމުކޮށް ހުޅުވާލައިގެން ބާއްވާ މިމައުރަޒުން ތަކެތި ގަންނަ ލިބެން ހުންނާނެ ކަމަށާއި ބޭނުންވާ ކުރެހުންތަކާއި ތަކެތި ބޭނުން ފަރާތްތަކަށް ގަނެވޭނެ ކަމަށް ސްކޫލުން ބުނެ އެވެ.
އަފީފުއްދީން ސްކޫލުން ބުނީ މައުރަޒުން ތަކެތި ވިއްކައިގެން ލިބޭ ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ދަރިވަރުންގެ އެކި ކަންކަމަށް ހަރަދުކުރުމަށް ކަމަށެވެ.