ގައުމީ ޤުރުއާން މުބާރާތުގެ ހދ އަތޮޅުގެ އޮޑިޝަން މި މަހު 5 އަދި 6 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހދ އަތޮޅު ކައުންސިލުން ބުނެފި އެވެ.
މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ ޤުރުއާން މުބާރާތުގައި މި އަހަރު ހދ އަތޮޅުން ފިނޭ ފިޔަވާ އެހެން ހުރިހާ ރަށަކުން ޖުމަލް 124 ބައިވެރިން ވަނީ ބައިވެރިވެފަ އެެވެ.
އެގޮތުން ހުކުރު ދުވަހުގެ އޮޑިޝަން ކުރިއަށްދާނީ ހެނދުނު 8:00 އިން 11:00 އަށް، މެންދުރުފަހު 14:00 ން 18:00 ށެވެ. އަދި ހޮނިހިރު ދުވަހުގެ އޮޑިޝަން ކުރިއަށް ދާނީ ހެނދުނު 8:00 އިން 11:00 އަށް، މެންދުރުފަހު 14:00 ން 18:00 އަށެވެ. ނުބަލާ ކިޔަވާ ދަރިވަރުންގެ ކިޔެވުން އޮންނާނީ އޮގަސްޓް 6 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ން 18:00 އަށެވެ.
އޮޑިޝަންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައި ހުންނަ ނޯދަން އޮފީސް ކޮޕްލެކްސް ގެ ޖަލްސާކުރާ މާލަމުގަ އެވެ.