twitterviber whatsapp telegramfacebookyoutube instagram
5th May 2024

މިނިވަން 50 މުބާރާތުގެ ހދ އަތޮޅުގެ މެޗުތައް މާދަމާ ފެށުމަށް ވަމުންދާ ތައްޔާރީތައް

Aug 3, 2016

މިނިވަން 50 މުބާރާތުގެ ހދ އަތޮޅުގެ މެޗުތައް މާދަމާ ފެށުމަށް ފެށުމަށް ހަމަޖެހިފައިވާއިރު އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.

މި މުބާރާތުގެ ހދ ގެ މެޗުތަށް ހޯސްޓު ކުުރުމަށް ހަމަޖެހިފައިވާ ކުޅުދުއްފުށީ ކައުންސިލުގެ ކުޅިވަރުގެ ކަންތައްތަކާ ހަވާލުވެހުންނެވި ކައުންސިލަރު އިބުރާހިމް އައްބާސް ކޭއޯ އަށް މައުލޫމާތު ދެމުން ވިދާޅުވީ ގިނަ ތައްޔާރީތަކެއް ވެފައި ވާ ކަމަށާއި އަދި ވެސް ބައެއް ތައްޔާރީތަށް ވަމުން ދާކަމަށެވެ.

އެގޮތުން މި މުބާރާތާއި ގުޅިގެން ދެމުމަށް ހަމަޖެހިފައިވާ ބެނާ ދެމުން މިއަދު ހަވީރު ކުރިއަށް ދާނެ ކަމަށާއި ރަށުގެ 4 ސަރަހައްދެއްގައި ހަތަރު ބެނާ ދެމުމަށް ހަމަޖެހިފައިވާ ކަމަށް އައްބާސް ވިދާޅުވި އެވެ. މީގެ އިތުރުން ސެކިއުރިޓީ ބެލެހެއްޓުމަށްޓަކައި ޕޮލިހުންނާއި ވާހަަކަ ދެކެވިފައިވާނެ ކަމަށާއި ޕޮލިހުންނާ އެކު އަފީފުއްދީން ސްކޫލްގެ ކެޑޭޓުން އަދި ސްކައުޓް ކުދިން ވެސް ސެކިއުރީޓީ ބެލެހެއްޓުމުގައި ހަރަކާތްތެރި ވާނެ ކަމަށްވެސް އިބުރާހިމް ވިދާޅުވި އެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ކުނިކޮށިން ދުންއެރުމުގެ މައްސަލަ ކުރިމަތި ވެފައިވާ ވާތީ އެކަމާއި ގުޅޭގޮތުން ފެނަކައާއި ވާހަކަ ދައްކަވާނެ ކަމަށާއި މިކަމުގައި ޕޮލިހުން އެހީތެރިވެ ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަށުން ބޭރުން އަންނަ ޓީމުތަށް ބޭއްތިއްބުމުގެ އިންތިޒާމް ހަމަޖައްސަވަނީ އެފްއޭއެމް އިން ކަމަށާއި އެގޮތުން އެފްއޭއެމްގެ ޓީމެއް ރޭ ކުޅުދުއްފުއްޓަށް އައިސްފައިވާ ކަމަށާއި ރެފުރީންގެ ޓީމު މިއަދު ހެނދުނު އައިސްފައިވާވެ އެވެ.

މި މުބާރާތް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު މެޗުތަށް ކުޅުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ގަ އެވެ. ހދ ގެ ފައިނަލް މެޗު ކުުޅުމަށް ހަމަޖެހިފައިވަނީ އޯގަސްޓު މަހު 16 ވަނަ ދުވަހު އެވެ. މާދަމާ ބައްދަލުކުރާނީ ނޮޅިވަރަމާއި ކުޅުދުއްފުއްޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355