twitterviber whatsapp telegramfacebookyoutube instagram
5th May 2024

ބަންގިއާއި ޤަމަތާއި ދެމެދު ހޭދަކުރާ ވަގުތު އެއްމިންވަރެއްގައި ހިފެހެއްޓުމަށް އިސްލާމިކް އެފެއާޒުން އެދެފި

Aug 3, 2016

ރާއްޖޭގެ ހުރިހާ މިސްކިތެއްގަވެސް ބަންގި އާއި ޤަމަތް ދިނުމާއި ދޭތެރޭގައި ހޭދަކުރާ ވަގުތު އެއްމިނެއްގައި ހިފެހެއްޓުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެދިއްޖެ އެވެ.

އެ މިނިސްޓްރީ މިމަހު 1 ވަނަ ދުވަހު ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ ފަތިސް ނަމާދު ބަންގިއާއި ޤަމަތާއި ދެމެދު 7 މިނެޓް އަދި ފަތިސް ނަމާދު ފިޔަވާ ދެންހުރި ނަމާދު ތަކުގައި ބަންގިއާއި ގަމަތާއި ދެމެދު 5 މިނެޓް ބެހެއްޓުމަށެވެ.

މިކަން މިސްކިތްތަކުގެ އިމާމުންނަށާއި މުދިމުންނަށް އަންގަވައި ލިއުމުގައި ސޮއި ކުރުމަށް ރަށު ކައުންސިލްތަކަށް ވަނީ އެ މިނިސްޓްރީން އަންގާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355