ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ގުޅިގެން ތެލަސީމިއާ ޓެސްޓު ކުރުމުގެ ހާއްސަ ޕްރޮގްރާމެއް މި އޯގަސްޓު މަހު 13 ގައި ކުޅުދުއްފުށީގައި ހިންގުމަށް ހަމަޖެހިއްޖެ އެވެ.
ހުރިހާ އުމުރު ފުރާއަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ތެލަސީމިއާ ޓެސްޓު ކުުރުމުގެ އިތުުރުން ޑީ.އެން.އޭ ޓެސްޓު ކުުރުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ.
އެގޮތުން ތެލަސީމިއާ ޓެސްޓު ކުރުމުގެ އަގަކީ 500 ރުފިޔާއެވެ. އަދި ޑީ.އެން.އޭ ޓެސްޓް ކުުރުމުގެ އަގަކީ 1000 ރުފިޔާ އެވެ.
ކުޅުދުއްފުށީ ޕްބްލިކް ހެލްތުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ހެނދުނު 11:00 އިން މެންދުރު ފަހު 01:00 އަށް ހާއްސަ ކުރެވިފައިވަނީ ކުޅުދުއްފުށީ ފިޔަވާ އެހެން ރަށްރަށުން އަންނަ ފަރާތްތަކަށެވެ. މެންދުރު ފަހު 02:00 ން ހަވީރު 05:00 ހާއްސަ ކުރެވިފައިވަނީ ކުޅުދުއްފުށީގައި ދިރިއުޅޭ ރައްޔިތުންނަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 11 އޯގަސްޓް ވާ ބުރާސްފަތި ދުވަހު ހަވީރު 06:00 ގެ ކުރިން 6527694 އަށް ގުޅުއްވާ ނަން ނޯޓު ކުުރުމަށް އެފަރާތުން އެދެއެވެ.