twitterviber whatsapp telegramfacebookyoutube instagram
5th May 2024

އުރީދޫއަށް ރަންލާރި އެވޯޑް ލިބިއްޖެ

Aug 4, 2016

އުރީދޫއަށް ރަންލާރި އެވޯޑް ލިބިއްޖެ އެެވެ.

މި އެވޯޑަކީ މީރާއަށް ގަވާއިދުން ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން ތަފާތު ކެޓަގަރީތަކުން އެންމެ ގިނައިން ޓެކްސް ދައްކާ ފަރާތްތަކަށް ދޭ އެވޯޑެކެވެ. އުރީދޫ އަށް ލިބިފައިވަނީ އާންމު ޖީއެސްޓީ ދައްކާ ބޮޑެތި ވިޔަފާރިތަކުގެ ކެޓަގަރީ ގެ އެވޯޑެވެ.

ޓެކްސް އިން ދައުލަތުގެ ބަޖެޓަށް ބޮޑު އާމްދަނީއެއް ލިބޭއިރު ރަންލާރި އެވޯޑަކީ ކުންފުނިތަކުން ޒިންމާދާރުކަމާއި އެކު ޓެކްސްދައްކަމުން ދާކަން ބަލައިގަނެ އެކަމުގެ އަގުވަޒަންކޮށް ޓެކްސް ދައްކާ އެހެނިހެން ފަރާތްތަކުންވެސް އެގޮތަށް އަމަލު ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އުރީދޫވަނީ ޓެލެކޮމިއުނިކޭޝަން ކުންފުންޏެއްގެ ގޮތުން ފާހަގަކުރެވޭ ކުރިއެރުންތަކެއް ހޯދާ އައިއެސްޕީ ލައިސަންސް ލިބިފައެވެ. މިގޮތުން އުރީދޫ އިން މިއަހަރު ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 80މިލިޔަން ރުފިޔާ ދައްކާނެކަމަށް ބެލެވެއެވެ. ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގައި ތައާރަފްކުރެވިފައިވާ އާ ޓެކްނޮލޮޖީތަކާއި އުފެއްދުންތެރި ޚިދުމަތްތަކަށް ބަލައިލިކަމުގައިވިއަސް މުއާސަލާތީ ދާއިރާ ތަރައްގީ ކުރުމުގައި އުރީދޫގެ ދައުރު ދައްކުވައިދެނީ ބޭރުގައުމުތަކުގެ ޑައިރެކްޓް އިންވެސްޓްމަންޓްތަކުން ދިވެހިރާއްޖެއަށް ލިބިގެންދާނެ ރަނގަޅު ނަތީޖާތަކެވެ.

ވަރަށް އާދައިގެ ފެށުމަކުން ފަށައިގަނެގެން ފާއިތުވި އަހަރުތަކުގައި މިވަނީ ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން އެންމެ އަވަހަށް ކުރިއަރަމުން އަންނަ ކުންފުންޏަކަށްވެފައިއެވެ. ރަންލާރި އެވޯޑަކީ ދިވެހި މުޖުތަމައުއިން އަޅުގަނޑުމެންގެ ހިދުމަތްތައް ބަލައިގަންނަކަން ދައްކުވައިދޭކަމެއްކަމަށް އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި ވިޔަފާރި ކުރުމުގައި ހަރުދަނާ އުސޫލުތަކާއި މިންގަނޑުތައް ގެންގުޅުމަށް އުރީދޫ އިން ދެއްވާ އަހަމިއްޔަތުކަން މި އެވޯޑުން ދައްކުވައިދެއެވެ. މި ފުރުސަތުގައި ދިވެހިރާއްޖޭގެ ސަރުކާރަށް ޝުކުރު އަދާކުރާކަމަށާއި އަދި އައިސީޓީ ދާއިރާގެ ދެންއޮތް ހަރުފަތަށް ދިވެހިރާއްޖެ ގެންދިއުމަށް އެބޭފުޅުންނަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ވިކްރަމް ސިންހާ ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އުރީދޫއިން ވަނީ ދިވެހި ރައްޔިތުންނަށް މުވާސަލާތީ ދާއިރާގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ތައާރަފްކޮށްދިނުމުގެ އެންމެ ކުރީސަފުގައި ފައިތިލަ ސާބިތުކޮށްފައެވެ. ދިވެހި ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދީ ދެކުނު އިރުމަތީ އޭޝިޔާގައި އިންޓަނެޓްގެ ހިދުމަތް ނިސްބަތުން އެންމެ ގިނައިން ބޭނުންކުރެވޭ ގައުމުކަމުގައި ދިވެހިރާއްޖެ ހެދުމުގައި އުރީދޫއިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. ޑިޖިޓަލް މޯލްޑިވްސް ގެދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައިވާ މުޖުތަމައުތަކާއި ވިޔަފާރިތަކަށް އެކި ކަހަލަ ކަންކަމުގެ ހައްލު ހޯދައިދިނުމަށްޓަކައި ރާއްޖޭގެ އިންފްރާސްޓްރަކްޗަރ އަށް ވެސް އިންވެސްޓް ކުރަމުންދެއެވެ. 25 މިލިއަން ޑޮލަރު ހަރަދުކޮށްގެން މުޅި ރާއްޖެއަށް ފެތުރިގެންދާ ގޮތަށް ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލް އެޅުމަށްޓަކައި ކުރިއަށްގެންދާ ޕްރޮޖެކްޓުން ރާއްޖޭގެ ރަށްތަކަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ މުވާސަލާތީ ކަންކަމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިކާމިޔާބަކީ ބަލައިގަނެވޭ ފަދަ އަގުތަކެއްގައި މުޖުތަމައުއަށް އުފެއްދުންތެރި ހައްލުތަކެއް ފޯރުކޮށްދިނުމުގެ ސަބަބުން ލިބުން ކާމިޔާބީއެއް ކަމަށް އުރީދޫއިން ގަބޫލުކުރެއެވެ. އުރީދޫއިން އިސްކަން ދެނީ އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ މެދުވެރިކޮށް އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ފުރުސަތުތަކެއް ހުޅުވާލަދީގެން ކަސްޓަމަރުން ބާރުވެރިކުރުވުމަށެވެ.

އުރީދޫއިން ވަނީ އެއްމަސް ދުވަހަށް ދެމިގެންދާ ހާއްސަ ކެމްޕޭނެއް ދިވެހި ރައްޔިތުންގެ ފަރާތުން ލިބެމުންދާ ހިތްވަރާއި ތަރުހީބަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ފަށާފައެވެ. މި ކެމްޕެއިން އިން އުރީދޫއިން މުޖުތަމައުގެ އެކި ފަރުދުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް ދެކޭ ތަސައްވުރު ވަރަށް ރަނގަޅަށް ދައްކުވައިދޭނެކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355