އެމްޑަބްލިއުއެސްސީން ކުޅުދުއްފުށީގައި ކުރިއަށްގެންދާ “ސޭފް ވޯޓަރ” ކެމްޕެއިންގެ ތެރެއިން މާދަމާ ހަވީރު ކުޑަކުދިންގެ ހަވީރެއް ބާއްވަން ހަމަޖެހިއްޖެ އެވެ.
ކުޅުދުއްފުށީ ބަންޑާރަމައިދާނާ ދިމާ ވެލިގަނޑު ބާއްވާ މިކުޑަކުދިންގެ ހަވީރުގައި ބޮޑުބެރާ އެކު މަޖާ ކުޅިވަރުތަކާ ކުރިއަށްދާނެ އެވެ.
ގޭމްސްތަކުގެ ތެރޭގައި ރޯލް ދަ ޑައިސް، ޕިން ދަ ޓެއިލް، ޕޮކިމޯން ، ސެކް ރޭސް، ޕަޒަލް، ކަލަރިންގ، އާރޓް އެންޑް ކުރާޕްޓްސް، ފޭސް ޕެއިންޓިން، ރިންޓޯސް،ގޮލްފް ފަދަ ތަފާތު ގޭމްތައް ކުރިއަށްދާނެ ކަމަށް އެމްޑަބުލިއުއެސްސީ މައުލޫމާތު ދެ އެވެ.
ކުޑަކުދިންގެ ހަވީރު ކުރިއަށްދާ ވަގުތު ރައްކާތެރި ގޮތުގައި ފެން ބޭނުންކުރާނެ ގޮތާއި ބެހޭ ގޮތުން ލުއި މައުލޫމާތު ފޯރުކޮށްދޭނެ އެވެ.
މިދިޔަ އަހަރު އޯގަސްޓް މަހު ވެސް އެމްޑަބުލިއުއެސްސީން ކޮމިއުނިޓީ ޑޭ ފާހަގަ ކުރުމުގެ ގޮތުން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.