twitterviber whatsapp telegramfacebookyoutube instagram
5th May 2024

ޒުވާނުން ކުރިއެރުވުމުގެ ތަފާތު ފުރުސަތުތައް ހޯދައިދިނުމަށް އުރީދޫ އާއި ޖޭސީ އެމްއޯޔޫ އެއްގައި ސޮއިކޮށްފި

Aug 4, 2016

ޒުވާނުންނަށް ކުރިއެރުމުގެ ތަފާތު ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި އުރީދޫ އާއި ޖޭސީއައި މޯލްޑިވްސް މިއަދު އެމްއޯޔޫ އެއްގައި ސޮއި ކޮށްފިއެވެ.

މި ޕާޓްނާޝިޕްގެ ދަށުން މުޖުތަމައުއަށް ހެޔޮ ބަދަލުތަކެއް ގެނައުމުގައި ޒުވާނުންގެ ދައުރު އިތުރުކުރުމާއި އެކު ޒުވާން ބޭފުޅުން ބާރުވެރިކުރުމަށްޓަކައި ޖޭސީއައި މޯލްޑިވްސް އިން ކުރާ މަސައްކަތުގައި އުރީދޫގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ. ޖޭސީއައިގެ މަސައްކަތްތަކުގެ ތެރޭގައި ތަފާތު ހުނަރުތައް ތަރައްގީކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި މުޖުތަމައުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި އަދި ކުރިއަށްއޮތް ޖީލު ބިނާކޮށް ޒުވާނުންގެ ތެރެއިން ހަރުދަނާ ވެރިންތަކެއް ތައާރަފް ކުރުން ހިމެނޭކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އިރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ދިވެހިރާއްޖެ އަށާއި ކުރިއަށްއޮތް ޖީލުތަކަށް ފަހި މުސްތަގުބަލެއް ހޯދައިދިނުމުގައި ޒުވާނުންގެ ދައުރު ވަރަށް މުހިއްމުކަމަށެވެ. މިއަދުގެ ޒުވާން ޖީލު ބާރުވެރިކޮށް ޒުވާން ކުދިންގެ އުއްމީދުތަކާއި ހުވަފެންތައް ހަގީގަތަކަށް ހެދުމުގައި އެފަރާތްތަކަށް އެހީތެރިވުމުގައި ޖޭސީއައި މޯލްޑިވްސް އާއި ޕާރޓްނާކުރުމަކީ ވަރަށް ބޮޑު އުފަލެއްކަމަށް ވެސް ވިކްރަމް ވިދާޅުވިއެވެ.

ޖޭސީއައި އަކީ ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުގައި މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި މަސައްކަތް ކުރަމުން އަންނަ ބައިނަލްއަގުވާމީ ޖަމްއިއްޔާއެކެވެ. މާލެ ކާފު އަތޮޅު އަދި އައްޑޫ އަތޮޅުގައި ޖޭސީއައިގެ 120 އަށް ވުރެ ގިނަ މެމްބަރުން ހިމެނެ އެވެ.

ހަމަނުޖެހުން ގިނަ ހިސާބުތަކުގައި ކާމިޔާބުކަމާއި އެކު ވިޔަފާރިއެއް ނުކުރެވޭނެއެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް ސުލްހަވެރިކަމަށް ހުރަސްތަކެއް ކުރިމަތިވެއްޖެނަމަ އެހެނިހެން ހިސާބުތަކުގައިވެސް ސުލްހަ މަސަލަސްކަމަށް އޮތް ބިރެކެވެ. ޖޭސީއައި މޯލްޑިވްސް އަށް އެހީތެރިވެދިނުމަށް އެއްބަސްވެ ޖީސީއައިގެ ބައިނަލްއަޤްވާމީ ޕީސް އިޒް ޕޮސިބަލް ކެމްޕެއިން އަށް އުރީދޫ އިން ދެއްވާފައިވާ އެއްބާރުލުމަށްޓަކައި އެކުންފުންޏަށް ޝުކުރުއަދާކުރާކަމަށް ޖޭސީއައި ވާރލްޑް ޕްރެސިޑެންޓް ޕަޝްކަލް ޑައިކް ވިދާޅުވިއެވެ

ޖޭސީއައި މޯލްޑިވްސްގެ ރައީސް، ޔާމިން އާދަމް ވިދާޅުވީ ޖޭސީއައި މޯލްޑިވްސްގެ ކޮމިއުނިކޭޝަން ޕަރޓްނާ އަށް އުރީދޫ އައްޔަނުކުރެވުމީ ޖަމިއްޔާ އަށް ވަރަށް ބޮޑު އުފަލެކެވެ. އަޅުގަނޑުމެންގެ އުއްމީދަކީ ޒުވާނުން ބާރުވެރިކުރުމަށް ރޭވިފައިވާ ޕްރޮޖެކްޓުތަކާއި ކެމްޕެއިންތަކުގައި އުރީދޫގެ ފުރިހަމަ އެއްބާރުލުން ލިބިގެންދިއުމެވެ.

ރާއްޖޭގެ މުޖުތަމައުއަށް އިގްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުމުގެ ފުރުސަތުތަށް ހޯދައިދިނުމަށްޓަކައި އުރީދޫ އިންވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. ޒުވާނުން ބާރުވެރިކުރުމަށްޓަކައި ޖޭސީއައި މޯލްޑިވްސް އަށް އެހީތެރިކަން ފޯރުކޮށްދިނުމީ ދިވެހި ރައްޔިތުންނާއި އެކު އުރީދޫގެ އެގާރަވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް އޮގަސްޓް މަހުގެ ތެރޭގައި ކުރިއަށްގެންދާނެ ހާއްސަ ކެމްޕެއިންގެ ތެރެއިން ފުރަތަމަ ހަރަކާތް ކަމަށް އުރީދޫއިން ބުނެއެވެ. މި ހާއްސަ ކެމްޕެއިންގެ މަގްސަދަކީ މުޖުތަމައު އަށް ފައިދާކުރާނެ ތަފާތު ހަރަކާތްތަކާއި އެކު ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން އުރީދޫ އަށް ލިބިފައިވާ ލޯތްބާއި ހިއްވަރު ފާހަގަކޮށް އެބޭފުޅުންގެ އެއްބާރުލުމަށް ޝުކުރުއަދާކުރުން ކަމަށް އުރީދޫއިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355