ކީރިތި ޤުރުއަނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ކުޅުުދުއްފުށީގައި ހުޅުވުމަށް ޤުރުއާނާއި ބެހޭ މަރުކަޒާއި ކުޅުދުއްފުށީ ކައުންސިލާއި ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފި އެވެ.
އިއްޔެ މެންދުރުފަހު ޤުުރުއާނާއި ބޭހޭ މަރުކަޒުގައި އޮތް ރަސްމިއްޔަތުގައި ކުޅުދުއްފުށީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަލީ މުހައްމަދެވެ. އަދި އެމަރުކަޒްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމަރުކަޒްގެ މުދީރު އަލްއުސްތާޛު އިބްރާހިމް ރަޝީދު މޫސާއެވެ.
ކުޅުދުއްފުށީގައި އެމަރުކަޒުގެ ގޮފި ހިންގުމަށް ހަމަޖެހިފައިވާ އިމާރަތުގެ މަސައްކަތް ނިމިފައިވާއިރު ގޮފި ހުޅުވުމަށް މަސައްކަތް ކުރަމުންދަނީ ޤާރީ ކޯސް ލެވްލް 1 އަދި 3 ގެ ކޯހަކާއެކު ކަމަށް މައުލޫމާތު ލިބެއެވެ.
ކުޅުުދުއްފުށީ ކައުންސިލުން ޤުރުއަނާއި ބެހޭ މަރުކަޒާއި ގުޅިގެން މީގެ ކުރިންވެސް ވަނީ ޤާރީ ކޯސް 1 އަދި 2 ކުޅުދުއްފުށީގައި ހިންގާފަ އެވެ.