twitterviber whatsapp telegramfacebookyoutube instagram
5th May 2024

ހދ އެފްސީއެސްސީގައި ކުޑަކުދިންނާ ރައްޓެހި ކޮޓަރީގެ ހިދުމަތް އިފްތިތާހްކޮށްފި

Aug 6, 2016

ހދ ކުޅުދުއްފުށީގައި ހުންނަ ހދ. ފެލެމީ އެންޑް ޗިލްރަން ސާރވިސް ސެންޓަރގައި ކުޑަކުދިންނާ ރައްޓެހި ކޮޓަރިއެއް ހުޅުވައިފި އެވެ.

މިއަދު ހެނދުނު އެ އިދާރާގައި އޮތް ރަސްމިއްޔާތެއްގައި ކޮޓަރި ހުޅުވައިދެއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އެވެ. މި ކޮޓަރީގެ ހިދުމަތް ގާއިމުކުރުމަށާއި އެތަނަށް ތަކެތި ހޯދައިދިނުމުގައި މެމްބަރުގެ ޝަހުދީގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވެ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަހުދީ ވިދާޅުވީ އިފްތިތާހް ކުރެވުނު ކުޑަކުދިންނާ ރައްޓެހި ކޮޓަރީގެ ސަބަބުންއެ ސެންޓަރުގެ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް އަދި ފަސޭހަ ކަމެއް ލިބިގެންދާނެ ކަމަށެވެ.

އަދި އެސެންޓަރުގައި ހިދުމަތް ހޯދާ ކުދިންނާ އާއިލާތަކަށް މީގެ ސަބަބުން ފަސޭހަތަކާއި ލުއިތަކެއް ލިބިގެންދާނެ ކަމަށް ޝަހުދީ ވިދާޅުވި އެވެ. ޝަހުދީ ވިދާޅުވީ ހދ އެފްސީއެސްސީގައި މިހިދުމަތް ގާއިމްކުރުމަށް މަސައްކަތްކުރާތާ 3 ވަރަކަށް މަސް ވެއްޖެ ކަމަށެވެ. މަސައްކަތް ތަންކޮޅެއް ދިގުވެގެން ދިޔަނަމަވެސް މިއަދު މިހިދުމަތް ފެށިގެންދިޔަކަމީ އުފާކުރާ ކަމެއް ކަމަށް ޝަހުދީ ވިދާޅުވި އެވެ.

ފްރެންޑްލީ ރޫމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަހުދީ ވާހަކަފުޅު ދައްކަވަނީ–

ސަރުކާރުން ވަރަށް ފަހުން ޖެންޑާ މިނިސްޓަރަކަށް ބޭފުޅަކު އައްޔަނުކުރެއްވި ކުރުމަށް އަލިއަޅުވާލައްވަމުން ޝަހުދީ ވިދާޅުވީ ޖެންޑާ މިނިސްޓަރަކު ސަރުކާރުން މިހާރު އައްޔަނުކުރައްވައި ޖެންޑާ ދާއިރާގެ މަސައްކަތްތައް ހައްލުކުރެއްވުމުގެ މަސައްކަތް ވަރަށް ބުރަކޮށް މިނިސްޓްރު ކުރައްވަމުން ގެންދާވާ ކަމަށެވެ.

މިއަދު ހުޅުވިގެންދިޔަ ކުޑަކުދިންނާ ރައްޓެހި ކޮޓަރީގެ ސަބަބުން އިދާރީގޮތުން ކުރުމުން ގެންދާ މަސައްކަތްތައް ކުޑަކުދިންނާ ރައްޓެހި މާހައުލެއްގެ ކުރިއަށްގެންދިއުމަށް ލާޒިމް ވެފައި ހުރި ކަންކަން ހިނގަގަތުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ހދ އެފްސީއެސްސީން ދެކެ އެވެ.

މިރަސްމިއްޔާތުގައި ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355