twitterviber whatsapp telegramfacebookyoutube instagram
5th May 2024

ކުދިންނަކީ ކިޔަމަންތެރި ބަޔަކަށް ހެދުމަށް މުޖުތަމައުގެ ހުރިހާ ދިމާއަކުން ނަމޫނާ ދައްކަން ޖެހޭ

Aug 7, 2016

ކުޑަކުދިންނަކީ ޒިންމާދާރު ކިޔަމަންތެރި ބަޔަކަށްވާ ބޭނުން ނަމަ އެކުދިންނަށް އާއިލާގެތެރެއިންނާ މުޖުތަމައުން ނަމޫނާ ފެންނަށް ޖެހޭ ކަމަށާއި އެނަމޫނާ ކުދިންނަށް ދެއްކުމަށް ހދ. ފެލެމީ އެންޑް ޗިލްރަން ސާރވިސް ސެންޓަރުގެ މެނޭޖަރު ވަސީމާ މުހައްމަދު އިލްތިމާސް ކުރައްވައިފި އެވެ.

ހދ. ފެލެމީ އެންޑް ޗިލްރަން ސާރވިސް ސެންޓަރުގައި ކުޑަކުދިންނާ ރައްޓެހި ކޮޓަރީގެ ހިދުމަތް އިފްތިތާހްކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަސީމާ ވިދާޅުވީ މިއަދުގެ ކުޑަކުދިންނަކީ މާދަމާގެ މުސްތަގުބަލަށްވާއިރު އެކުދިން ޒިންމާދާރު ބަޔަކަށް މާދަމާ ވަނީ އެންމެނަކީ ބަރާބަރަށް ޒިންމާ ނަގައި އެޒިންމާ އަދާކުރާ ބައެއްކަން އެކުދިންނަށް ދެއްކިގެން ކަމަށެވެ.

 ” އެހެން ގޮތަކުން ދަންނަވާނަމަ އެކުދިންނަށް ރިވެތި ނަމޫނާ ދައްކައިގެން. ނަމޫނާ ދައްކަން ޖެހޭ ބަޔަކީ ހަމައެކަނި އެކުދިންގެ މަންމާއި ބައްޕައެއް ނޫން. އޭގެ އިތުރުން މުޖުތަމައުގެ ހުރިހާ ދިމާއަކުން ވެސް އެކުދިންނަށް ރީތި ނަމޫނާ ފެންނަށް ޖެހޭ. ގާނޫނޫތަކާއި ގަވައިދުތަކަށް ބޮޑެތި މީހުން އިހްތިރާމްކުރާ ތަން އެބަ ދައްކަން ޖެހޭ” ވަސީމާ ވިދާޅުވި އެވެ.

އެކަކު އަނެއްކަކަށް އިހްތިރާމްކޮށް ރަނގަޅު ބަސްތައް ބޭނުންކޮށްގެން މުއާމަލާތުކުރާ ތަން އެކުދިންނަށް ފެންނަ އެބަޖެހޭ ކަމަށާއި އެކަންކަން ހަމަ އެކަނި އެކުދިން ކައިރީ ކުރަން ބުނުމަކުން ނުފެދޭކަމަށް އޭނާ ވިދާޅުވި އެވެ. މިއަދުގެ ކުޑަކުދިންނަކީ ހަގީގަތުގައިވެސް ކިޔަމަންތެރި ކުދިންތަކަކަށް ވާން އެދޭނަމަ ހުރިހާ މީހުންގެ ކިބައިން އެނަމޫނާ އެކުދިންނަށް ދެއްކުމަށް މިފުރުސަތުގައި އިލްތިމާސްކުރަން ވަސީމާ ވިދާޅުވި އެވެ.

ހދ އެފްސީއެސީގައި ކުޑަކުދިންނާ ރައްޓެހި މި ރޫމް ގާއިމްކުރުމަށް ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީގެ ދީލަތި އެހީތެރިކަން ލިބިގެންކަން އުފަލާއި ޝުކުރުވެރި ކަމާ އެކު ފާހަގަ ކުރަން ޝަހުދީއަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެގޮތުން އެރޫމަށް ބޭނުންވާ ހުރިހާ ވަސީލަތްތަށް ހޯއްދަވައި ދެއްވާ އެކަން ފުރިހަމަ ކަމާއެކު ކުރުމުގެ މަގު ފަހި ކޮށްދެއްވާފައިވަނީ ވެސް ޝަހުދީކަން އެކަމަނާ ވަނީ ފާހަގަކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355