twitterviber whatsapp telegramfacebookyoutube instagram
5th May 2024

އުރީދޫ ސްމާރޓް ކެމްޕަސް ތައާރަފްކޮށްފި

Aug 7, 2016

އުރީދޫ އާއި މައިކްރޯސޮޕްޓާ ގުޅިގެން ރާއްޖޭގައި ފަށާފައިވާ “އުރީދޫ ސްމާޓް ކެމްޕަސް” ތައާރަޕްކޮށްފި އެވެ

ކްލައުޑް މެދުވެރިކޮށް ފޯރުކޮށްދެވޭ ތައުލީމީ ސޮލިއުޝަންއެއް ކަމަށްވާ ސްމާރޓް ކެމްޕަސްގައި ހިމަނާފައިވާ “މައިކްރޮސޮފްޓް އިން އެޑިއުކޭޝަން” ގެ ޕްލެޓްފޯމް މެދުވެރިކޮށް ކަރުދާހުން ހިންގޭ ނިޒާމުތައް، ކްލައުޑް މެދުވެރިކޮށް ހިންގޭ ނިޒާމަކަށް ބަދަލުކޮށް، ކިޔަވައިދިނުމުގައި އުޅުއްވާ ފަރާތްތަކަށް އޮންލައިންކޮށް ކަރިކިއުލަމް ބެލެހެއްޓުމަށް އެހީތެރިވެދޭނެ އެވެ.

އުރީދޫއިން “ހޮޓެލް ޖެން” ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ވިކްރަމް ސިންހަ އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.

އުރީދޫ ސްމާޓް ކެމްޕަސް މެދުވެރިކޮށް ޕޮލިޓެކްނިކްގައި ކޯސްތައް އުރީދޫ އިން ފޯރުކޮށްދެނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހިލޭ އެވެ. އަދި މި ހިދުމަތް މެދުވެރިކޮށް ރާއްޖޭގައި ކޮންމެ ރަށެއްގައި ހުރެގެން ވެސް ޕޮލިޓެކްނިކްގައި ކުރިއަށްދާ ތަފާތު ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.

މީގެ އިތުުރުން ސްމާޓް ކެމްޕަސް މެދުވެރިކޮށް ދަރިވަރުންނަށް ކޮންމެ ގަޑިއެއްގައި ވެސް ފިލާވަޅުތައް ކިޔައި، ކިޔެވުމަށް ބޭނުންވާ ތަކެތި ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި އޮންލައިންކޮށް ކޯހުގެ މަސައްކަތް ފުރިހަމަކޮށް، ސަބްމިޓް ކުރެވޭތީ ތައުލީމް ހޯދުމުގައި އިތުރު ފަސޭހަކަމެއް އެންމެހާ ބޭފުޅުންނަށް ވެސް ލިބޭނެކަމަށް އުރީދޫ އިން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355