twitterviber whatsapp telegramfacebookyoutube instagram
20th May 2025

ކުރެޑިޓް ގެރެންޓީ ސްކީމްގައި ބޭންކް އޮފް މޯލްޑިވްސް އިން ބައިވެރިވެއްޖެ

Aug 7, 2016

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން މިއަދު ހެނދުނު ތައާރަފްކުރި ކްރެޑިޓް ގެރެންޓީ ސްކީމްގައި ބޭންކް އޮފް މޯލްޑިވްސް އިން ބައިވެރިވެއްޖެއެވެ.

މި ސްކީމްގެ ދަށުން އެންމެކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި އަދި އެއްވެސް ރަހުނަކާ ނުލައި ލޯނު ލިބިގެންދާނެއެވެ. މި ސްކީމްގައި ބައިވެރިވާ ބޭންކުތަކުން ދޫކުރާ ލޯނަށް %90 އާ ހަމަޔަށް އެމްއެމްއޭ އިން ގެރެންޓީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ސްކީމްގެ ދަށުން އެންމެކަުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބިޒްނަސް ޑިވެލޮޕްމަންޓް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ބީއެމްއެލް އިން ވަނީ ހުޅުވާލާފައެވެ. މި ލޯނަކީ ވިޔަފާރި ފުޅާކުރުމަށާއި އެސެޓް އިތުރުކުރުމަށާއި ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވެސް އެދި ހުށަހެޅޭނެ ލޯނެކެވެ. އެއް ލައްކަ ރުފިޔާއިން ފެށިގެން އެއް މިލިޔަން ރުފިޔާ އާ ހަމަޔަށް ދޫކުރާ މި ލޯނުގެ އިންޓަރެސްޓް ރޭޓަކީ 9 ޕަސެންޓެވެ. ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބެއެވެ. އަދި ގްރޭސް ޕީރިއަޑްގެ ގޮތުގައި 6 މަސް ދުވަސް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ކްރެޑިޓް ގެރެންޓީ ސްކީމުގެ ދަށުން ރާއްޖޭގެ އިގްތިސާދު ކުރިއަރެވުމުގައި އެންމެކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އަދާކުރާ މުހިންމު ރޯލް ދެނެގަނެވި އަދި އެފަރާތްތަކަށް ރަހުނަކާ ނުލައި ލުއި ފަސޭހަގޮތެއްގައި ފައިނޭންސް ލިބޭނެގޮތް މިވަނީ ހަމަޖެހިފައި އެވެ. އެންމެކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ރާއްޖޭގައި އެންމެ ގިނައިން ލޯނު ދޫކުރާ ފަރާތުގެ ގޮތުގައި މި ސްކީމްގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އަޅުގަނޑުމެން ބޭނުންވަނީ ވިޔަފާރިތައް ފުޅާކޮށް ކުރިއެރުވުމަށް އިތުރު އެހީ ދިނުމަށް ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355