twitterviber whatsapp telegramfacebookyoutube instagram
5th May 2024

އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ އަތޮޅު ތަކުގެ މަހާސިންތާ ބާއްވާއިފި

Aug 7, 2016

އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ފުލުހުންގެ ހިދުމަތް ދިނުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މަޝްވަރާކުރުމުގެ ގޮތުން ހއ ހދ އަދި ށ އަތޮޅު ކޮމާންޑުންގެ 3 ވަނަ މަހާސިންތާ ބާއްވައިފިއެވެ.

މި މިމަހާސިންތާ ބާއްވާފައިވަނީ އޮގަސްޓް މަހުގެ 1 ން 2 އަށް ހއ ދިއްދޫ ޕޮލިސް ސްޓޭޝަނުގަ އެވެ. މިމަހާސިންތާ އަކީ ޑިވިޜަންގައި ދެމުންދާ ފުލުހުންގެ ހިދުމަތް މިހާރަށްވުރެ ހަރުދަނާކުރުމާއި ޑިވިޜަންގެ މަސައްކަތްތައް ހަރުދަނާކޮށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި މަހާސިންތާއެކެވެ.

އެގޮތުން މެއި މަހުން ފެށިގެން މިމަހާސިންތާގައި ވަނީ ކޮންމެ އަތޮޅަކުން އެއަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުން ތަހުގީގުކޮށް ނިންމާ މައްސަލަތަކުގެ ތަފާސް ހިސާބުތަކާއި ތަހުގީގް ކުރުމެވެ. އަދި މީގެ އިތުރުން ދާއިރާގައި ހުރި ދަތިތައް ހިމަނައިގެން ޕްރެޒެންޓޭޝަނެއް ހުށަހަޅައި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންނާއި ތިން އަތޮޅުގެ އިދާރީ ކަންކަން އެއް އުސޫލެއްގެ ދަށުން ކުރިއަށް ގެންދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މީގެއިތުރުން އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ތަހުގީގު ކުރުމުގެ ދާއިރާ މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން މިހާރު ބޭނުންކުރަމުންދާ ސިސްޓަމް ފުރިހަމަ ގޮތުގައި ބޭނުންކޮށް މައްސަލަތައް ނިންމުމާއި ޓާސްކްތައް އަޕްޑޭޓް ކުރުމުގައި އަމަލުކުރާނެ ގޮތްތައް މިމަހާސިންތާގައި ވަނީ ކިޔައިދީފައެވެ.

މިމަހާސިންތާގައި އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ސާމީ އާއި ހއ. އަތޮޅު ކޮމާންޑަރު ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޢަބްދުﷲ އާއި ހދ. އަތޮޅު ކޮމާންޑަރު ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ނަސީމް އާއި ށ. އަތޮޅު ކޮމާންޑަރު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް މުސްތަފާ ވަނީ ބައިވެރިވެފައެވެ. އަދި މީގެ އިތުރުން ހއ ހދ އަދި ށ. އަތޮޅު އިންވެސްޓިގޭޝަން ޔުނިޓްގެ އިންޗާޖުންނާއި ކޮންމެ އަތޮޅެއްގެވެސް މައި ޕޮލިސް ސްޓޭޝަންގެ އިންޗާޖުން ބައިވެރިވެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355