ޕީއެސްއައިޕީގެ ދަށުން ކުޅުުދުއްފުށީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ލޯކަލް މާރުކޭޓުގެ އެއްބަސް ވުމުގައި ސޮއިކޮށްފި އެެވެ.
އެސް. ޖޭ ކޮންޝްޓްރަކްޝަނާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއަށް 3.09 މިލިއަން ހަރަދުވާނެ ކަމަށާއި މާރުކޭޓު އެޅުމަށްޓަކައި ބިން ވެސް ކަނޑަ އެޅިފައިވާނެ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އެ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްބުމުގައި އެސް.ޖޭ. ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝާހިދުއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ ޔޫސުފް އަބުދުލް ގަފޫރެވެ.
މި މަޝްރޫއު ރޭވިފައިވާގޮަތަށް ކުރިއަށްދާނަމަ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެެވެ.