twitterviber whatsapp telegramfacebookyoutube instagram
5th May 2024

ކައުންސިލްތަކުގެ ރައީސުންނާއި ނައިބް ރައީސުން ރައްޔިތުންގެ ވޯޓުން ހޮވާ ގޮތަށް ހުށައެޅި އިސްލާހު ފާސްކޮފި

Aug 7, 2016

ލޯކަލް ކައުންސިލާއި ސިޓީ ކައުންސިލުތަކުގެ ރައީސުންނާއި ނައިބު ރައީސް ރައްޔިތުންގެ ވޯޓަކުން ހޮވާ ގޮތަށް ގާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހު ގައުމީ ސަލާމަތު ކޮމެޓީން ފާސްކޮށްފި އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އެ އިސްލާހު ކޮމެޓީން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެން މެމްބަރުންގެ އިއްތިފާގުންނެވެ.

އެގޮތުން އެ އިސްލާހުގައި ބުނެފައިވަނީ އިދާރީ ދާއިރާތައް ހިންގުމަށް އިންތިހާބު ކުރެވޭ ކައުންސިލުތަކުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނެ ގޮތް ގާނޫނުގައި އޮންނަންވާނެ ކަމަށާއި އިދާރީ ދާއިރާތައް ހިންގުމަށް ކައުންސިލުތަކުގައި ހިމެނޭ މެމްބަރުން ދިމިގުރާތީ އުސޫލުތަކުގެ މަތީން އިންތިހާބު ކުރާނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައި އޮންނަންވާނެ ކަމަށެެވެ.

މީގެ އިތުރުން ކައުންސިލުތަކުގެ ރައީސުންނާއި ނައިބު ރައީސް އެ ކައުންސިލެއްގައި ހިމެނޭ މެމްބަރުންގެ ސިއްރު ވޯޓަކުން އިންތިހާބު ކުރާ ބައެއްގެ ގޮތުގައި އޮތުމަކީ ރައްޔިތުންގެ ޑިމޮކްރަސީގެ އުސޫލަށް ބަލާއިރު އެންމެ ޑިމޮކްރަޓިކް ގޮތް ކަމުގައި ދެކެވަޑައި ނުގަންނަވާ ކަމަށާއި ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން ވީހާވެސް ބޮޑު ކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އާމިރު ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ހ)ގައި މިހާރު ބުނެފައި އޮންނަނީ އިދާރީ ދާއިރާތައް ހިންގުމަށް ޓަކައި އުފައްދާ ކައުންސިލުތަކުގައި ހިމެނެން ވާނީ ހަމައެކަނި އެ ކައުންސިލަށް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުން ދިމިގުރާތީ އުސޫލުތަކުގެ މަތީން ސިއްރު ވޯޓަކުން އިންތިހާބު ކުރާ މެމްބަރުން ކަމަށެވެ.

އެ މާއްދާގެ (ށ)ގައި ބުނެފައި ވަނީ އިދާރީ ދާއިރާތައް ހިންގުމަށް އިންތިހާބު ކުރެވޭ ކައުންސިލުތަކުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ އެ ކައުންސިލަކަށް ހޮވޭ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355