ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލު ކުރުމަށް ގާނޫނު އަސާސީން ހުށައެޅި އިސްލާހު އެ މައްސަލަ ދިރާސާ ކުރި ގައުމީ ސަލާމަތު ކޮމެޓީން ނިންމައިފި އެވެ.
އާމިރު ހުށައެޅުއްވި މި އެ އިސްލާހު ކޮމެޓީން ފާސްކުރީ ވޯޓުގައި ބައިވެރިވެވަަޑައޮގަތް މެންބަރުންގެ އިއްތިފާގުންނެވެ.
މިހާރު ކައުންސިލްތަކަށް ދީފައި އިންނަނީ 3 ދައުރެވެ. މި މައްސަލައަށް އިސްލާހު ހުށައެޅުއްވި މެންބަރު އާމިރު ވިދާޅުވީ އިސްލާހު ހުށައެޅުއްވުމުގެ ބޭނުމަކީ ރިޔާސީ ދައުރަކީ ފަސް ދައުރު ކަމަށްވާ އިރު ކޮންމެ ރިޔާސީ ދައުރެއްގެ ތެރޭގައި ކައުންސިލްތަކުގެ ދެ އިންތިހާބު ބޭއްވުމަކީ ހަމަޖެހޭ ކަމަކަށް ނުވާތީ އާއި ތިން އަހަރު ދުވަހުން އިންތިހާބެއް ބާއްވަން ޖެހުމުން ދައުލަތުގެ މާލިއްޔާއިން ބޮޑެތި ހަރަދުތަކެއް ހިނގާނެތީ ކަމަށެވެ.