twitterviber whatsapp telegramfacebookyoutube instagram
5th May 2024

ސެމްސަންގް ގެލެކްސީ ނޯޓް 7 ރާއްޖެއަށް ތައާރަފްކޮށްފި

Aug 7, 2016

ސެމްސަންގް ކުންފުނިން އުފައްދާ ނޯޓް ސީރީޒްގެ އެންމެ ފަހުގެ ފޯނު ސެމްސަންގް ގެލެކްސީ ނޯޓް 7 ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

މިފޯނު 12999 ރުފިޔާއަށް އެއްކޮށް ފައިސާ ދައްކާފައި މިހާރު ގަނެވޭނެއެވެ. އަދި މަހުން މަހަށް ފައިސާ ދައްކާގޮތަށް ކޮންމެ މަހަކު 849 ރުފިޔާ ދައްކާގޮތަށް ފޯނަށް ޕްރީއޯޑާ ކުރެވޭނެއެވެ. އިންސްޓޯލްމަންޓަށް ފައިސާ ދައްކާގޮތަށް ފޯނު ލިބޭނީ ފުރަތަމަ ޕޭމަންޓްގެ ގޮތުގައި 2999 ދެއްކުމުންނެވެ. ޕްރީއޯޑާކޮށް މިފޯނު ގަނެވޭނީ ދިރާގު ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް އެކަންޏެވެ. އެގޮތުން ދިރާގުން ދޫކުރާ ނޯޓް 7 ފޯނާ އެކު އެފޯނަށް ހާއްސަ ވީއާރު ގިއާއެއް ލިބޭނެކަމަށް ދިރާގުން މައުލޫމާތު ދެއެވެ. އަދި 1 އަހަރު ވަންދެން ދިރާގުގެ ޕޯސްޓްޕެއިޑް ނަންބަރެއް ބޭނުންކޮށްފައިވާ ދިރާގު ކަސްޓަމަރަކަށް ވާންޖެހެއެވެ.

ފޯނު އަންލޮކް ކުރުމުގެ ގާބިލްކަން ނޯޓް 7 ގައި ހިމަނާފައިވާ ލޮލުގެ ކަޅި ދެނެގަންނަ ސެންސަރުން ލިބިފައިވެއެވެ. ލޮލޮގެ ކަޅިން ފޯނު އަންލޮކް ކުރެވޭ އިރު އެއީ އިނގިލި ނިޝާނަށްވުރެ ރައްކާތެރި ސިފައެއް ކަމަށް ސެމްސަންގުން ބުނެއެވެ.

4 ޖީބީގެ ރޭމް އާއި 12 މެގަ ޕިކްސެލްގެ ކެމެރާއެއް މި ފޯނުގައި ހިމަނާފައިވެއެވެ. އަދި ނޯޓް 7 ހަދާފައި ހުންނަނީ ފެން ނުވަންނަ ގޮތަށެވެ. މި ފޯނުގައި ހިމަނާފައިވަނީ ކުއަލްކޮމް ސްނެޕްޑްރެގަން 820 ގެ ޕްރޮސެސަރެކެވެ.

ނޯޓު 5 އާ ހިލާފަށް ނޯޓު 7 ގައި އެސްޑީ ކާޑު ޖެހެން ހުންނާނެއެވެ. ނޯޓު 7ގައި 3500 މިލިއެމްޕަޔަރ ގެ ބެޓެރިއެއް ހިމަނާފައިވެ އެވެ. އެހެން ކަމުން ނޯޓު 5ށް ވުރެ ނޯޓު 7 ބެޓެރީ ގިނަ އިރު ހިފަހައްޓާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355