twitterviber whatsapp telegramfacebookyoutube instagram
5th May 2024

ގައުމީ ޤުރުއާން މުބާރާތުގައި ހދ އަތޮޅުން ވާދަކުރާ 6 ބައިވެރިން ހޮވައިފި

Aug 8, 2016

މިއަހަރު ބާއްވާ ޤުރުއާން ކިޔެވުމުގެ 31 ވަނަ ގައުމީ މުބާރާތުގައި ހދ އަތޮޅުން ބައިވެރިވާނެ ފަރާތްތައް ހޮވައިފިއެވެ.

މިމުބާރާތަށް ބައިވެރިން ހޮވާފައިވަނީ މިކަމަށްޓަކާ ހާއްސަ އޮޑިޝަނެއް ބާއްވައިގެންނެވެ. އަތޮޅުގެ 12 ރަށަކުން 124 ފަރާތަކުން ބައިވެރިވި މިއޮޑިޝަން ކުރިއަށް ގެންގޮސްފައިވަނީ 2016 އޯގަސްޓް 5 އަދި 6 ގައި ނޮދަރން އޮފީސް ކޮމްޕްލެކްސް އިމާރާތުގެ ޖަލްސާކުރާ މާލަމުގައެވެ.

ބައިވެރިން ހޮވުމަށް ބޭއްވުނު އޮޑިޝަނުން އެންމެ މަތީ މާކްސް ލިބިގެން ޤައުމީ ޤުރުއާން މުބާރާތުގައި ވާދަ ކުރުމަށް ހޮވުނު ފަރާތްތަކަކީ:

މާޔާ މުޙައްމަދު – ގަހާ/ ހދ. ނޮޅިވަރަން (10 ފޮތުން، ބަލައިގެން ކިޔެވުން)

އަޙްމަދު އަރުޝަން – ގުރަހާތަރި/ ހދ. ވައިކަރަދޫ (10 ފޮތުން، ބަލައިގެން ކިޔެވުން)

ޝުރުފާ އިބްރާހީމް ޝަރީފް – ރޯޒްމީޑް/ ހދ.މަކުނުދޫ (20 ފޮތުން، ބަލައިގެން ކިޔެވުން)

ފާޠިމަތު ސުޒާ – ވެހި/ ހދ.ހަނިމާދޫ (30 ފޮތުން، ބަލައިގެން ކިޔެވުން)

މުޙައްމަދު ފަޒީން – ރިވަރެސް/ ހދ.ވައިކަރަދޫ (30 ފޮތުން، ބަލައިގެން ކިޔެވުން)

އާމިނަތު އިބާ އާދަމް – ދަނބުގެ/ ހއ.އިހަވަންދޫ (5 ފޮތުން، ނުބަލާ ކިޔެވުން)

މިއޮޑިޝަނުގައި ފަނޑިޔާރުކަން ކުރައްވާފައިވަނީ އަތޮޅު ކައުންސިލުން ކަނޑައެޅުއްވި ދެފަނޑިޔާރުން ކަމުގައިވާ ހއ.ދިއްދޫ އާނިރު، މުހައިމިނާ އަލީ އާއި އއ.ފެރިދޫ ނަޝީދީހިޔާ، އަލީ ނަޝީދެވެ.

ޤައުމީ ޤުރުއާން މުބާރާތުގެ ގަވާއިދަށް މިއަހަރު ގެނެވުނު ބަދަލާ ގުޅިގެން، ކޮންމެ އަތޮޅަކުންވެސް ބައިވެރި ކުރެވެނީ ޖުމްލަ 12 ދަރިވަރުންނެވެ. އެއީ، ބަލައިގެން ކިޔެވުމުން 10 ފޮތުންނާއި، 20 ފޮތުން އަދި މުޅި ޤުރުއާން އެއްކޮށް އަންހެން ބައިވެރިއަކާއި ފިރިހެން ބައިވެރިއެކެވެ. އަދި ނުބަލާ ކިޔެވުމުގެ ބައިން 5 ފޮތުންނާއި، 10 ފޮތުން އަދި 20 ފޮތުން އަންހެން ބައިވެރިއަކާއި ފިރިހެން ބައިވެރިއެކެވެ. އޮޑިޝަނުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން، އެކެޓަގަރީ ތަކުން ގައުމީ މުބާރާތަށް ހޮވުނީ ޖުމްލަ 6 ދަރިވަރުންނެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355