twitterviber whatsapp telegramfacebookyoutube instagram
20th May 2025

އަބުރުގެ ބިލަށް ވޯޓް ނުދެއްވުމަށް ހދ ގެ ހަތަރުގެ މެމްބަރަކު ޝަހުދީއަށް އިލްތިމާސްކުރައްވައިފި

Aug 8, 2016

އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ ނަމުގައި ރައްޔިތުންހެ މަޖިލީހަށް ވައްދާފައިވާ އަބުރުގެ ބިލު ބިލް ފާސްކުރުމަށް ވޯޓް ނުދެއްވުމަށް ރައްޔިތުން މަޖިލީހުގައި ހދ.އަތޮޅު ތަމްސީލްކުރައްވާ ހަތަރު މެމްބަރަކު ހަނިމާދޫ ދާއިރާގެ މެމްބަރުހުސައިން ޝަހުދީއަށް ގޮވާލައްވައިފިއެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރުން ހުސެއިން އަރީފާއި ކުޅުދުއްފުށީ އުތުރުު ދާއިރާގެ މެމްބަރު އަބުދުލް ގަފޫރު މުސާ އާއި ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އަދި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ސޮއިކުރައްވާ މިއަދު ޝަހުދީއަށް އެރުވި ސިޓީގައި ބުނެފައިވަނީ އަބުރުގެ ރައްކާތެރިކުރުމުގެ ނަމުގައި މަޖީލިހަށް ހުށަހަޅާފައިވާ ބިލަކީ ޚިޔާލު ފާޅުކުރުމާއި މިނިވަން ނޫސްވެރިކަމަށް ވަރަށް ބޮޑަށް ނުރައްކާތެރިކަން ކުރިމަތިކުރުވާ ބިލެއްކަމަށާއި އަދި އެބިލާމެދު ރާއްޖޭގެ ގިނަ ރައްޔިތުންނާއި ނޫސްވެރިންނާއި، ޑިމޮކްރެޓިކް ބޮޑެތި ޤައުމުތަކުންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާއަތްތަކުންދަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ލެޓަރ ހެޑްގައި ލިޔެފައިވާ މިސިޓިގައި ބުނެފައިވަނީ އަބުރުގެ ބިލިގައި ބައެއް ނުރައްކާތެރި ކަންބޮޑުވުންތަކުގެ ތެެރޭގައި ދޭދޭ ފަރުދުންގެ ދެމެދުގައި ދެކެވޭ ވާހަކައަކުންވެސް ރައްޔިތުން މިހާ ކުއްވެރިވެ، ޝޯޝަލް މީޑިއާގެ ވަސީލަތެއްގައި ފާޅުކުރާ ޝުއޫރަކުންވެސް ރައްޔިތުން މީހާ ކުށްވެރިވާގޮތްވާ ކަމަށެވެ. އަދި ނޫސްވެރިއެއްގެ ވާޖިބު އަދާކުރުމުގައި ގޮތުން ލިޔާ ހަބަރަކުން ވެސް ކުށްވެރިވެ، ހަމަ އެފަދައިން ފަންނާނަކު ކުރަހާ ކުރެހުމަކުންވިޔަސް ހަދައި ޅެމަކުންވިޔަސް ކިޔާ ލަވަޔަކުންވިޔަސް ނަގާ ފޮޓޯއަކުން ވިޔަސް ހަދައި ފިލުމަކުން ވިޔަސް ސީދާ ގޮތުންނާއި ނުސީދާގޮތުން ވިޔަސް ފާޅުކުރާ ޝަޢޫރަކުން ނުވަތަ އިޝާރާތަކުން ނުވަތަ އެހެންވެސް ކަމަކުން ރައްޔިތު މީހާއަށް 50 ހާސް ރުފިޔާއާއި ދެމިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުވިދާނެ ކަމަށެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355