އަފީފުއްދީން ސްކޫލުގެ އަތްތެރި މަސައްކަތުގެ މައުރަޒުން ޖުމަލް 20،005 ލިބިފައިވާ ކަމަށް އެ ސްކޫލުން ބުނެފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު އެ ސްކޫލުގައި ބޭއްވި މި މައުރަޒުން މަދު އެއްޗެއް ފިޔަވާ އެހެން ހުރިހާ އެއްޗެއް ވިކިފައިވާ ކަމަށާއި މި މައުރަޒުގެ އަމާޒަކީ ދަރިވަރުންގެ ހުނަރު ތަރައްގީކޮށް ދައްކާލުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށް އެ ސްކޫލުން ބުނެއެވެ.
ކޭއޯ އަށް މައުލޫމާތު ދެމުން އެ ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ ފައިސާ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ސްޓޫޑެންޓް ބޮޑީން ބޭއްވުމަށް ހަމަޖެހިފައިވާ ދަރިވަރުންގެ އެކި ކޭމްޕްތަކަށާ އައުޓިން ތަކުގެ އިތުރުން ދަރިވަރުންގެ އެކި ހަރަކާތް ތަކަށް ކަމަށެވެ.
މީގެ ކުރިންގެ އަފީފުއްދީން އިން ވަނީ ސްކޫލްގެ އެކި ކަންކަމަށް ފައިސާ ހޯދުމަށް ތަފާތު މައުރަޒުތަށް ބާއްވާފަ އެވެ.