twitterviber whatsapp telegramfacebookyoutube instagram
19th May 2025

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލު ފާސްކޮށްފި

Aug 9, 2016

ރާއްޖޭގައި ހިންގާ މީޑިއާތައް ބަންދު ކުރުމުގެ ބާރު ލިބިދޭ ގޮތަށް އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބިލު ފާސްވީ 47 މެންބަރުންގެ ވޯޓުންނެވެ. ނަމަވެސް އެ ބިލު ފާސް ކުރަން ނުފެންނަށް ކަމަށް

31 މެންބަރުން ވޯޓް ލައިފާވެއެވެ.

އެ ބިލު ފާސްކުރީ ބިލަށް ހުށަހެޅި އާ އިސްލާހުތަކާއެކުގަ އެވެ. ބިލަށް ހުށަހެޅި އާ އިސްލާހުތަކުގައިވާ ގޮތުން ގާނޫނުގައި ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކަމެއް މީޑިއާތަކުންކޮށްފި ނަމަ ކުރާ ޖޫރިމަނާ ދައްކައި ހަލާސް ނުކޮށްފި ނަމަ އެ މީޑިއާއެއް ސަސްޕެންޑްކުރުމުގެ ބާރު ލިބޭނެއެވެ. އަދި ލައިސެންސް ބާތިލު ކުރެވޭނެ އެވެ.

ބިލަށް އަމަލު ކުރަން ތިން މަސް ދުވަސް ކުރިން ކަނޑައަޅާފައި ވީނަމަވެސް ކޮމެޓީން ފާސްކުރި އިސްލާހުތަކުގައިވާ ގޮތުން އެ ބިލަށް އަމަލު ކުރަން ބިލު ތަސްދީގު ކުރާ ދުވަހުން ފެށިގެން ފަށާނެއެވެ.

ބިލުގައި މިހާރު ބުނެފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް އާންމު ރައްޔިތަކު ކޮށްފި ނަމަ ޖޫރިމަނާ ކުރެވޭނީ 25،000 ރުފިޔާ އާއި 2،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ކަމަށެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާތެރިވާ ފަދަ ހިޔާލެއް މީޑިއާއިން ކޮށްފިނަމަ ޖޫރިމަނާ ކުރެވޭނީ 50000 ރުފިޔާ އާއި 150000 ރުފިޔާ އާއި ދެމެދު ޖޫރިމަނާ ކުރވޭނެ ކަމަށް ބިލްގައިވެއެވެ. އަދި އާއްމު ނިޒާމާއި ހިލާފުވެ ވާހަކަ ދައްކާ ރިޕޯޓަރަކަށް 50000 ރުފިޔާ އާއި 1000000 ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ވެއެވެ.

ބިލުގައި ބުނެފައިވާ ގޮތުގައި ހަބަރެއް ރައްދުވާ ފަރާތުން އެ ހަބަރެއް ބްރޯޑްކާސްޓުކުރި ފަހުން ނުވަތަ ޝާއިއުކުރިފަހުން ރައްދެއް ޝާއިއުކުރަން ނުވަތަ ބްރޯޑްކާސްޓުކުރަން ބޭނުންވާ ނަމަ އެއްވެސް އަގެއް ނުވަތަ ފީއެއް ނެގުމަކާއި ނުލާ އެ ހަބަރެއް ޝާއިއު ނުވަތަ ބްރޯޑްކާސްޓު ކުރަންވާނެ އެވެ.

އަބުރާ ބެހެވޭ ފަދަ ޒާތުގެ ކޮންޓެންޓެއް ވަގުތުން ގެނެސްދޭ އިވެންޓެއްގައި ހިމެނިއްޖެ ނަމަ ލައިވް ފީޑު ހުއްޓާލަން ބިލުގައިވެއެވެ. ނަމަވެސް އަބުރާ ބެހެވުނު ފަރާތުން ކަމާ ބެހޭ ދައުލަތުގެ މުއައްސަސާ އަށް އެންގުމުން ވެސް ލައިވް ފީޑު ކަނޑާ ނުލައިފި ނަމަ ކަމާ ގުޅޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ މީޑިއާ އަކަށް ފިޔަވަޅު އަޅަންވާނެ ކަމަށް ވެސް ވެއެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި އަބުރުގެ ބިލު ކޮމެޓީ މަރުހަލާގައި ދިރާސާ ކުރުމުގެ ގޮތުން ވަނީ މީޑިއާ ކައުންސިލާ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާތައް ވެސް ހާޒިރުކޮށްފަ އެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަނުގެ އިތުރުން ފިގުހު އެކަޑަމީ ވެސް ހާޒިރުކޮށް އެ ބިލާ ގުޅޭގޮތުން ހިޔާލު ހޯދި އެވެ.

އާރިފް ހުށަހެޅުއްވި ޑްރާފްޓުގައިވާ ގޮތުން ޖޫރިމަނާ ނުދައްކައިފި ނަމަ އެ ލިޔުމެއް ލިޔުނު ނޫސްވެރިޔާ ވެސް ޖަލަށް ލެވޭނެ ކަމަށް ވެއެވެ. ކުރިންވެސް ބިލުގައި އޮތް ގޮތަށް ޖަލަށް ލެވޭނީ ތިން މަހާއި ހަ މަހާއި ދޭތެރޭ ކަމަށް ބިލުގައި ވެއެވެ.

ޖޫރިމަނާ ދައްކައި ހަލާސް ކުރުމުން ނޫނީ އިސްތިއުނާފު ނުކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވާ މާއްދާއަށް އިސްލާހު ކުރަން ހުށަހަޅާފައެއް ނުވެ އެވެ.

އިސްލާމް ދީނުގެ އަސްލާ ހިލާފަށް މީޑިއާއަކުން އަމަލުކޮށްފިނަމަ އަދި އެކަން ކުރި ނޫސްވެރިއަކު ގާނޫނުލް އުގޫބާތު ދަށުން އަދަބު ދެވޭނެ ކަމަށް ބިލުގައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355