twitterviber whatsapp telegramfacebookyoutube instagram
16th February 2026

ކުމުންދޫ ސްކޫލްގެ ބޯޑުތައް ޑިޖިޓަލް ބޯޑަށް ބަދަލުކުރުމުގެ މަސައްކަތް ޕީޓީއޭ އިން ފަށައިފި

Aug 9, 2016

ކުމުންދޫ ސްކޫލްގެ ޕީޓީއޭ އިސްނަގައިގެން  އެރަށު ސްކޫލުގެ ބޯޑުތައް  ޑިޖިޓަލް  ބޯޑަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ކުމުންދޫ ސްކޫލްގެ ޕީޓީއޭ ކޯޑިނޭޓަރު އައިޝަތު އާދަމް ވިދާޅުވީ ފައިސާ އެއްކުރުމަށް ވަރަށް އަވަހަށް ސްކޫލުގެ ޕީޓީއޭ ގެ ފަރާތުން މަސައްކަތު ދުވަހެއް ފާހަގަ ކުރަން ވަނީ ނިންމާފަކަމަށާއި މަސައްކަތު ދުވަހުގެ އިތުރުން ފަންޑް ރައިސް ކުރުމުގެ ގޮތުންވެސް އެކި މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އެގޮތުން ޕީޓީއޭ ގެ ކުރިއަށް އޮތް ބައްދަލުވުމުގައި ފަންޑް ރައިސް ކުރަން ހުރި ޕްރޮގްރާމްތަކުގެ ވާހަކަ ދެކެވޭނެކަމަށާއި ހަރަކާތްތަށް ނިމި ފައިސާ ލިބުނުހާ އަވަހަށް ޕީޓީއޭ އިން ޑިޖިޓަލް  ބޯޑް ސްކޫލްގައި ހަރުކުރާނެ ކަމަށް އައިޝަތު ވިދާޅުވި އެވެ.

މީގެ އިތުރުން މިހާރުވެސް ހެޔޮއެދޭ ފަރާތްތަކުން ފައިސާގެ އެހީ ވަމުންދާކަން އައިޝަތު ފާހަގަ ކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355