twitterviber whatsapp telegramfacebookyoutube instagram
17th July 2025

ކުޅުދުއްފުށީ ޓީމަށް ހިތްވަރު ދިނުމަށް ހޮސްޕިޓަލުގެ މުވައްޒަފުން ޖާފަތެއް ދީފި

Aug 10, 2016

މިނިވަން 50 ފުޓްބޯޅަ މުބާރާތުގައި ކުޅުދުއްފުށިން ނެރެފައިވާ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ކުުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުންގެ ފަރާތުން ޖާފަތެއް ދީފި އެވެ.

ރޭ ކުޅުދުއްފުށީ ހޮސްޕިޓަލުގެ އުފަން ހިޔާގައި އޮތް މިޖާފަތުގައި ތައްޔާރުކޮށްފައިވަނީ ސަގާފީ ކެއުންތަކެވެ. ޓީމަށް މަރުހަބާ ކިޔާފައިވަނީ ގޮނުންނެވެ.

މިޖާފަތުގައި ވާހަކަދައްކަވަމުން ހޮސްޕިޓަލުގެ މެނޭޖަރު ވަނީ ޓީމު ދައްކާ ހިތްވަރަށް ސާބަސް ދީފަ އެވެ. އަދި ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅު ކާމިޔާބީއަށް އެދިފަ އެވެ. މިރަސްމިއްޔާތުހައި ކައުންސިލުގެ ރައީސް އަލީ މުހައްމަދު ވެސް ވަނީ ޓީމަށް ހިތްވަރުދީ ވާހަކަދައްކަވާފަ އެވެ.

 

މިޖާފަތުގައި ކުޅުދުއްފުށީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުގެ އިތުރުން ހޮސްޕިޓަލުގެ ސީނިއާ މެނޭޖްމެންޓްގެ ވަނީ ބައިވެރިވެފަ އެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355