ނޮޅިވަރަމް ކައުންސިލުގެ ރައީސް އަބުދުﷲ ޝަރީފް މިއަދު ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އަބުދުﷲ ޝަރީފް މިއަދު ކޭއޯއަށް ވިދާޅުވީ އިސްތިއުފާ ދެއްވީ އެއްވެސް މައްސަލައެއް އުޅޭތީ ނޫން ކަމަށާއި އެމަގާމު ފުރުމުގެ ފުރުސަތު އެހެން މެމްބަރަކަށް ދިނުމުގެ ގޮތުން ކަމަށެވެ.
އަބުދުﷲ ޝަރީފަކީ މީގެ ކުރިން އެކައުންސިލުގެ ނައިބު ރައީސްގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މިބޭފުޅާ ކައުންސިލުގެ ރައީސްކަމަށް އިންތިހާބު ވެލެއްވީ މިއަހަރުގެ ކުރީކޮޅުގައި ރައީސާކަމުގެ މަގާމު ހުންނެވި މަރިޔަމް ހަބީބާ އިސްތިއުފާ ދެއްވުމުންނެވެ.