ދިޓީވީ އާއި ދިއެފްއެމް އަދި ދިޕުލަސް މި ރެއިން ފެށިގެން ހުއްޓާލަން ނިންމައިފި އެވެ.
ބްރޯޑްކާސްޓިން މޯލްޑިވްސް އަދި މޯލްޑިވްސް މީޑިއާ ކޮމްޕެނީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިރޭ 12:00 އިން ފެށިގެން ދިޓީވީ އާއި ދިއެފްއެމް އަދި ދިޕުލަސް ހުއްޓާލާނެއެވެ.
ބަޔާނުގައި ވާގޮތުގައި ޑިރެކްޓަރުންގެ ބޯޑުން އެ ގޮތަށް ނިންމައި މިހާރު ތިބި މުވައްޒަފުންނަށް ތިން މަސްދުވަހުގެ ނޯޓިސް ވަނީ ދީފަ އެވެ. އެ މުއްދަތުގެ ތެރޭގައި މުސާރަ ދެމުން ގެންދާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
ދިޓީވީގެ ސީއީއޯ މިދުހަތު އާދަމް މިހާރު ނޫހަށް މައުލޫމާތު ދެމުން ވިދާޅުވީ ޗެނަލްތައް ހުއްޓާލަން ޖެހުނީ ތަނުގެ ވަސީލަތްތަކުގެ ހާލަތު ދަށްވުމުގެ ސަބަބުން ކަމަށެވެ. އަދި މެނޭޖުމަންޓުން މިހާލަތުގައި ނުހިންގޭނެ ކަމަށް ބުނާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.