twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ޕެނަލް ބޯޓު އަޕްގްރޭޑް ކުރުމަށްޓަކައި މިއަދު ކުޅުދުއްފުށިން ކަރަންޓް ކަނޑާލަނީ

Aug 11, 2016

ޕެނަލް ބޯޓު އަޕްގްރޭޑް ކުރުމަށްޓަކައި ކުޅުދުއްފުށީ ހުރިހާ ހިސާބަކުން މިއަދު ހަވީރު 4:00 ފެށިގެން ކަރަންޓުގެ ހިދުމަތް ކަނޑާލެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަން ކުޅުދުއްފުށި ބްރާންޗުން ބުނެފި އެވެ.

އެ ކޯޕަރޭޝަނުން މިދިޔަ އަންގާރަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މުޅި ރަށުން ކަރަންޓު ކަނޑާލަިއގެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި 11 އޯގަސްޓް ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 ން ފެށިގެން މަސައްކަތް ނިމެންދެން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެކަމަށެވެ.

ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކު ކަރަންޓް އައުމުގެ ކުރިން ބޭނުންކުރައްވާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކް ހުރިހާ އެއްޗަކުން ސްވިޗް އޮފް ކޮށްފައި ބެހެއްޓުމަށް ފެނަކައިން އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355