މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ރާއްޖޭގެ ގަދަ ދިހައެއްގައި ކުޅުދުއްފުށީ ސްކޫލުތަކުގެ 8 ދަރިވަރަކު ހިމެނިއްޖެ އެވެ.
ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ޓޮޕް އެޗީވަރޒް އެވޯޑް ޖަލާލުއްދީން ސްކޫލްގެ 7 ދަރިވަރަކަށް ލިބިފައިވާއިރު އަފީފުއްދީން ސްކޫލުން މި އެވޯޑް 1 ދަރިވަރަކު ހާސިލްކޮށްފައިވެއެވެ.
ގަދަ 10 އަކުން 5 ވަނަ އާއި 6 އަދި 9 ވަނަ ހޯދި 4 ދަރިވަރުން–
ނޭޝަނަލް ޓޮޕްޓެން ވަނަ ވަނަައަށް ދިޔަ ދަރިވަރުން:
1 ވަނަ: މުހައްމަދު އިމާދު ޖަލާލުއްދީން ސްކޫލު( 5A*,3A )
1 ވަނަ: އަހުމަދު ސަމީހް ޖަލާލުއްދީން ސްކޫލް (3A*, 5A )
2 ވަނަ: ހަނާން މުހައްމަދު ޖަލާލުއްދީން ސްކޫލް (3A*, 4A & 1B)
4 ވަނަ: އިބްރާހިމް އަބްދުއްސައްތާރު (2A*, 4A & 2B)
5 ވަނަ: ޝާހިދު ހަސަން ( 6A, 1B & 1C)
6 ވަނަ: އަހުމަދު އިބްރާހިމް (1A*,4A & 3B)
6 ވަނަ: އަހުމަދު އަޒްހަރު (1A*, 4A & 3B)
9 ވަނަ: މުހައްމަދު އިހުސާން (4A, 4B)
މީގެ އިތުރުންވެސް މިއަތޮޅު ބައެއް ސްކޫލުތަކުގެ ދަރިވަރުންނާއި މާލޭ ސްކޫލުތަކުގައި މިދިޔަ އަހަރު އޯލެވެލް ނިންމި މިއަތޮޅަށް ނިސްބަތްވާ ކުދިން އޯލެވެލް ޓޮޕްޓެން ގައި ހިމެނިފައިވެ އެވެ.
ރަން ވަނަތައް ހާސިލްކުރި ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.