twitterviber whatsapp telegramfacebookyoutube instagram
29th March 2024

މޯލްޑިވްސް އިމިގްރޭޝަނުން ތައްޔާރު ކުރާ ޕާސްޕޯޓް ކާޑުގެ ޕާޓްނަރަކަށް ބީއެމްއެލް

Aug 11, 2016

މޯލްޑިވްސް އިމިގްރޭޝަނުން ތައްޔާރު ކުރާ ޕާސްޕޯޓް ކާޑުގެ ޕާޓްނަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އާ އެކު ޕާޓްނާޝިޕް އެގްރީމަންޓުގައި ސޮއިކޮށްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި އިމިގްރޭޝަންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަންވަރު އެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އެންޑްރޫ ހީލީ އެވެ.

އެގޮތުން އެ ކާޑުގައި ފައިސާ ދެއްކޭނެ ފެސިލިޓީ ގާއިމްކުރުމީ ކާޑުން ލިބިދޭނެ ގިނަ ހިދުމަތްތަކެއްގެ ތެރެއިން އެއް ހިދުމަތެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން ބައިނަލްއަގުވާމީ ކޮށް ބޭނުންކުރެވޭ ޕާސްޕޯޓު ކާޑު ފައިސާ ޖަމާކުރެވޭ ޕްރިޕެއިޑް ކާޑެއްގެ ގޮތުގައި ބޭނުންކުރެވޭނެ ނިޒާމް ގާއިމް ކުރެވޭނެއެވެ. އެގޮތުން ޕީއޯއެސް އަދި އޮންލައިންކޮށްވެސް އެ ކާޑު ބޭނުންކުރެވޭނެ އެވެ. ރާއްޖެ އިން ބޭރުގައި ކާޑު ބޭނުން ކުރެވޭނެ ގޮތް ހަމަޖެހިފައިވާތީ އެ ކާޑު ބޭނުންކޮށްގެން ރާއްޖެ އިން ބޭރަށް ދަތުރުކުރާ ދިވެހީންނަށް ލުއި ފަސޭހަކަމާ އެކު ފައިސާ ގެ މުއާމަލާތްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އިމިގްރޭޝަނާއި ބީއެމްއެލް އިން ބުނެއެވެ.

އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ހަލީލް ވިދާޅުވި އެ ކާޑް ޕާސްޕޯޓްގެ ބަދަލުގައި ވެސް ބޭނުން ކުރެވިދާނެ ކަމަށެވެ.

ބީއެމެލްގެ ރީޓެއިލް މާކެޓިން ޑިރެކްޓާ މުހައްމަދު ޝަރީފު ވިދާޅުވީ އާ ހިދުމަތްތައް ތައާރަފު ކުރުމުގެ އެންމެ ކުރީ ސަފުގައި ބީއެމްއެލް އަބަދުވެސް ހިމެނޭ ކަމަށް ފާހަގަކުރެއްވި އެވެ. އެހެންކަމުން މޯލްޑިވްސް އިމިގްރޭޝަނާއެކު ޕާޓްނާޝިޕް އެގްރީމަންޓުގައި ސޮއިކޮށް ޕާސްޕޯޓު ކާޑު ޕުރޮޖެކްޓުގައި ބައިވެރިވުމީ ބީއެމްއެލް އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައި ވިދާޅުވި އެވެ.

ރާއްޖެއިން ބޭރަށް ދާ ވަރަށް ގިނަ ދަތުރުވެރިން މިދަނީ ލުއި ފަސޭހަކަމާއި ރައްކާތެރިކަމާއެކު އަޅުގަނޑުމެންގެ ކާޑުގެ ހިދުމަތް ރާއްޖެއިން ބޭރުގައި ބޭނުންކުރަމުންނެވެ. ޕާސްޕޯޓު ކާޑު މެދުވެރިކޮށް މިފަދަ މުހިންމު ހިދުމަތެއް ދެވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ޝަރީފް ވިދާޅުވިއެެވެ.

އެ ކާޑުން ދޭ ހިދުމަތްތައް ފުޅާ ކުރުމުގެ ގޮތުން އާއްމު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއެކު މަޝްވަރާތައްކޮށްފައިވާ ކަމަށް އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ހަލީލް ވިދާޅުވި އެވެ. އެހެންކަމުން އެ ފަރާތްތަކާ އެކުގައި ޕާޓްނަޝިޕް އެގްރީމަންޓުގައި ވަރަށް އަވަހަށް ސޮއިކޮށް އެ ކާޑު ކައިރި މުސްތަގުބަލެއްގައި ތައާރަފު ކުރާނެ ކަމަށް ވެސް ޚަލީލް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355