twitterviber whatsapp telegramfacebookyoutube instagram
14th August 2026

24 ގަޑިއިރު ތެރޭގައި ކުޅުދުއްފުށިން 3 ފަހަރަށް ކަރަންޓް ކެނޑިއްޖެ

Aug 13, 2016

24 ގަޑިއިރު ތެރޭގައި ކުޅުުދުއްފުށިން 3 ފަހަރަށް ކަރަންޓުގެ ހިދުމަތް ކެނޑިއްޖެ އެވެ.

އިއްޔެގެ ހެނދުނާއި އަދި މެންދުރު ފަހުގެ ވަގުތެއްގައި 2 ފަހަރެއްގެ މަތިން ކަރަންޓް ކެނޑިފައިވާއިރު މިއަދު ހެނދުނު ވެސް ވަނީ ކަރަންޓު ކެނޑިފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ޕެނަލްބޯޑު އަޕްގްރޭޑް ކުރުމުގެ މަަސައްކަތެއް ކުރުމަށްޓަކައި ކަރަންޓުގެ ހިދުމަތް ކަނޑާލެވޭނެކަން އަންގާ އެދުވަހުގެ ހަވީރު 4:00 ން ފެށިގެން މަސައްކަތް ނިމެންދެން ކަރަންޓުގެ ހިދުމަތް ވަނީ ކަނޑާލާފަ އެވެ. އެހެންނަމަވެސް އިއްޔެ އާއި މިއަދު ކަރަންޓުގެ ހިދުމަތް މެދު ކެނޑިދާނެ ކަމަށް ފެނަކައިން އަންގާފައެއް ނުވެއެވެ.

ކަރަންޓުގެ ހިދުމަތް މެދު ކެނޑިފައި އަލުން ހިދުމަތް ލިބެން ގިނައިރު ނުވީ ނަމަވެސް ދޭތެރެ ދޭތެރެއިން ކަރަންޓް ދާތީ އިލެކްޓްރޯނިކް ތަކެއްޗަށް ލިބިދާނެ ގެއްލުމަކަށްޓަކައި ރައްޔިތުންގެ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސަރުކާރު ބަންދު ދުވަހަކަށް ވުމުން މިކަމާއި ބެހޭގޮތުން ފެނަކައިގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355