ޖަލާލުއްދީން ސްކޫލްގެ އިންޓަރ ހައުސް ބަހުސް މުބާރާތް އިއްޔެ ފަށައިފި އެވެ.
އެ ސުކޫލްގެ ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި އިއްޔެ ފުރަތަމަ ބަހުސްގައި ބައްދަލުކޮށްފައިވަނީ އެމަރަލްޑް ހައުސް އާއި ޓޮޕާޒް ހައުސް އެވެ. އަދި ދެވަނަ ބަހުސްގައި ބައްދަލުކުރީ ރޫބީ އާއި ސަފާޔާ ހައުސް އެވެ. ފުރަތަމަ ބަހުސް ޓޮޕާޒް ހައުސް ކާމިޔާބު ކޮށްފައިވައިރު ދެވަނަ ބަހުސް ކާމިޔާބު ކޮށްފައިވަނީ ސާފާޔަރ ހައުސް އެވެ.
އެގޮތުން މުބާރާތުގެ ފައިނަލްގައި މިއަދު ވާދަކުރާނީ ޓޮޕާޒް ހައުސް އަދި ސަފަޔާރ ހައުސް އެވެ.
ކޮންމެ ހައުސްއަކުން 6 ދަރިވަރުންގެ ޓީމެއް ވާދަކުރާގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގައި ބަހުސް ކުރާނީ ކޮންމެ ޓީމަކުންވެސް 4 ދަރިވަރުންނެވެ.
ޖަލާލުއްދީން ސްކޫލުން މީގެ ކުރިންވެސް އަންނަނީ އެކި ބަހުސް މުބާރާތްތައް ބާއްވަމުން ނެވެ.